ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 00:36
ދެކުނު ކޮރެއާ އަދި އެމެރިކާ ސިފައިން ގުޅިފައިވާ ތަމްރީންތަކެއްގައި ބައިވެރިވަނީ
ދެކުނު ކޮރެއާ އަދި އެމެރިކާ ސިފައިން ގުޅިފައިވާ ތަމްރީންތަކެއްގައި ބައިވެރިވަނީ
ގެޓީ އިމޭޖަސް
އުތުރު ކޮރެއާ-އެމެރިކާ
އުތުރު ކޮރެއާއަށް އެރުން ނޫން ގޮތެއް ނެތް:ޕެންޓަގަން
އުތުރު ކޮރެއާއަށް އެމެރިކާ ސިފައިން އަރައިފިނަމަ އެތައް ހާސް ބަޔަކު ފުރަތަމަ ގަޑިއިރުތެރޭވެސް މަރުވާނެ: ޕެންޓަގަން

އުތުރުކޮރެއާގެ ނިއުކްލިއަރ ހަތިޔާރުތައް އެއްކޮށް ނައްތާލައި، އެޤައުމަކީ ނިއުކްލިއަރ ހަތިޔާރު ނެތް ޤައުމެއްކަން ކަށަވަރު ކުރެވޭނެ ހަމައެކަނި ގޮތަކީ އެއްގަމު މަގުން އުތުރު ކޮރެއާއަށް އަރައި އަސްކަރީ އޮޕަރޭޝަނެއް ހިންގައިގެން ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އެމެރިކާގެ ޤާނޫން ހަދާ މަޖިލީހުގެ މެމްބަރެއްކަމަށްވާ ޓެޑް ލިއު ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބުދެއްވަމުން އެމެރިކާގެ އަސްކަރިއްޔާގެ އެންމެ މަތީ ގުނަވަންކަމަށްވާ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ވިސްނުން މިކަމުގައި އޮތް ގޮތް ހާމަކުރައްވަމުން ރިއަރ އެޑްމިރަލް މައިކަލް ޑުމޮންޓް ވިދާޅުވީ އެއްގަމު މަގުން އުތުރު ކޮރެއާއަށް އެރުން ފިޔަވައި އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ހަނގުރާމައިގެ މިފަދަ ދަނޑިވަޅެއްގައި މަރުވާނެ ނުވަތަ ޒަޚަމްވާނެ މީހުންގެ އަދަދު އަންދާޒާކޮށްލަން ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރުތައް ބިމު އަޑީގަޔާއި އެހެނިހެން ރައްކާތެރި ތަންތަނުގައި ފޮރުވާފައިވާއިރު، އެތަކެތި ނައްތާލުމަށް މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މި މަސައްކަތްކުރަމުން ދާއިރު، އުތުރު ކޮރެއާއިން ރައްދު ހަމަލާއެއްގެ ގޮތުގައި ނިއުކްލިއަރ ހަމަލާއެއް ދިނުމުގެ ބިރު އޮންނާނެއެވެ. އަދި ކެމިކަލް ނުވަތަ ބަޔޮލޮޖިކަލް ހަމަލާއެއް އުތުރު ކޮރެއާއިން ދީފާނެކަމުގެ ބިރުވެސް އެބައޮތް ކަމަށް ޕެންޓަގަންއިން ބުނެއެވެ..

އެމެރިކާގެ އަސްކަރިއްޔާގެ މި އެސެސްމެންޓާމެދު ކޮންގްރެސްގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އުތުރު ކޮރެއާއާއިއެކު އެމެރިކާއިން ކުރިމަތިލުމަކަށް ހިނގައްޖެނަމަ ގިނަ ބަޔަކަށް އޭގެ ގެއްލުންވާނެކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.

އުތުރު ކޮރެއާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ނުރައްކާ ޕެންޓަންއިން ފާހަގަކުރާއިރު، މިހާރު އިރުމަތީ އޭޝިއާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އުތުރު ކޮރެއާއަށް އަސްކަރީ ހަމަލާއެއް ދީފާނެކަމަށް ދޭތެރެ ދޭތެރެއިން އިންޒާރު ދެއްވަމުންނެވެ. އެހެން ނަމަވެސް އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އާއި ޚާރިޖީ ވުޒާރާގެ ވިސްނުމަކީ އަސްކަރީ ފިޔަވަޅުތަކަށް ދިޔުމުގެ ކުރިން ޑިޕްލޮމެޓިކް އަދި އިޤްތިޞާދީ ފިޔަވަޅުތައް އަޅައިގެން މައްސަލައަށް ހައްލެއް ހޯދުމެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
15 ނޮވެންބަރ 2017 | ބުދަ 01:29
ހުވަފެނެއްތީ
ހުވަފެނެއްތީ ފުނޑާލާނެ އަރައިފިޔާ