ހ. ދަގަނޑުތަޅާގޭގައި ހުރި އިމާރާތުގެ ބައެއް ވަރަށް ބޮޑަށް އަރިއަޅާލައިފިއެވެ.
މާލޭ ހެންވޭރު ދަގަނޑުތަޅާގޭގައި ހުރި އިމާރާތުގެބައެއް އަރިއަޅާލާފައި ވަނީ އާދީއްތަ ދުވަހުގައެވެ. ދަނގަޑުތަޅާގޭގެ އިމާރާތެއް އަރިއަޅާފައި ވަނީ އެގޭގެ އެހެން ބައެއް އިމާރާތްކުރުމަށް ތަނެއް ތަޅާލަމުން ދަނިކޮށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އިމާރާތް އަރިއަޅާލުމާއި އެކު ފުލުހުންގެ އެހީތެރިކަމާއި އެކު ކޮންސްޓްރެކްޝަން މަސައްކަތް ކުރަން ހަރަކާތްތެރިވި މީހުން ވަނީ އެ އިމާރާތް އަރިއަޅާލައިގެން އިތުރު ގެއްލުންތަކެއް ވެދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. . އެވަގުތު ފުލުހުން އެސަހައްދު ކޯޑަން ވެސް ކުރިއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.