ކ. މާލެ
|
4 ނޮވެންބަރ 2017 | ހޮނިހިރު 18:00
ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު: މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމުގެ އުއްމީދު ރާއްޖޭގެ ޓީމަށް ވަނީ ގެއްލިފައި
ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު: މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމުގެ އުއްމީދު ރާއްޖޭގެ ޓީމަށް ވަނީ ގެއްލިފައި
ގޫގުލް
އޭއެފްސީ 19 އަހަރުން ދަށް
އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތް: އުޒްބެކިސްތާން އަތުން ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިވެއްޖެ
ރާއްޖެ ދެން އޮތް މެޗުގައި ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ތަޖިކިސްތާނާ ދެކޮޅަށް

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި އުޒްބެކިސްތާނާ ދެކޮޅަށް ރާއްޖޭ ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.

ތަޖިކިސްތާނުގެ ޑުޝާންބޭގައި ހުންނަ ރިޕަބްލިކަން ސްޓޭޑިއަމްގައި އަންނަ އަހަރު އޮންނަ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ބަލިވެފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސްރީ ލަންކާ 10-0 އިން ބަލި ކުރުމަށް ފަހު ރާއްޖެއާ ދެކޮޅަށް ނުކުތް އުޒްބެކިސްތާނުގެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ފޯވާޑް ޖުމަކުލޯވް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން، 38 ވަނަ މިނެޓުގައި އުޒްބެކިސްތާނުގެ ލީޑު އެ ޓީމަށް ފުޅާ ކޮށްދިނީ ކެންޖަބައޭވް އެވެ.

ފުރަތަމަ 2-0 ގެ ނަތީޖާއަކުން ރާއްޖޭގެ މައްޗަށް އުޒްބެކިސްތާން ކުރީގައި އޮވެގެން ނިމިގެން ދިޔައިރު އެ ޓީމުގެ ތިން ވަނަ ލަނޑު ދެވަނަ ހާފު ފެށިގެން އަށް މިނެޓު ނުވަނީސް އެ ޓީމަށް ޖަހައިދިނީ ސައިޓޯވްއެވެ. ކެންބަޖައޭވް ވަނީ މެޗުގެ 60 ވަނަ މިނެޓުގައި އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހައި ރާއްޖޭގެ ޓީމަށް އަތުނުލެވޭ ވަރުގެ ސްކޯލައިނެއް އުޒްބެކިސްތާނަށް ހޯދައިދީފައެވެ. އުޒްބެކިސްތާނުގެ ފަސް ވަނަ ލަނޑު 67 މިނެޓުގައި އަސްކަރޯވް ޖަހައިދިން އިރު ރަޚިމޯވް ވަނީ 71 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އުޒްބެކިސްތާނަށް މެޗުން ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

އުޒްބެކިސްތާނަކީ މި ގްރޫޕުގައި ހިމެނޭ އެންމެ ވަރުގަދަ ޓީމަށްވާއިރު އެ ޓީމުން ވަނީ އޮޓަމެޓިކް ކޮލިފިކޭޝަންގެ ޖާގައަކާ ގާތަށް ޖެހިލާފައެވެ. އެގޮތުން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު އެ ޓީމު ގްރޫޕުގެ އެއްވަނައިގައި އޮތްއިރު ރާއްޖެ އޮތީ އެއް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގްރޫޕުގެ ހަތަރު ވަނައިގައެވެ.

ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއިރު އަނެއް މެޗު ނިމިފައިވަނީ އެއްވަރު ވެގެންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި 2-2 އިން ސްރީ ލަންކާއާ ރާއްޖެ އެއްވަރުވި ނަމަވެސް ދެވަނަ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހު ވަގުތު ވަން ލަނޑުން ރާއްޖެ ބަލިވީ 1-0 އިންނެވެ. ރާއްޖެއަށް މި މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވުމަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ.

އަންނަ އަހަރު އޮންނަ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި 43 ގައުމަކުން ވާދަކުރާއިރު މުބާރާތަށް ކޮލިފައިވަނީ 16 ގައުމެކެވެ. ރާއްޖެ ދެން އޮތް މެޗުގައި ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ތަޖިކިސްތާނާ ދެކޮޅަށެވެ.

- ކޮމެންޓް