ކ. މާލެ
|
4 ނޮވެންބަރ 2017 | ހޮނިހިރު 12:26
ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތުތަކެއް ދަނީ ކުރެވެމުން
ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތުތަކެއް ދަނީ ކުރެވެމުން
ރާއްޖެއެމްވީ
ރައީސް ޔާމީންގެ ކޮރަޕްޝަން
ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!
އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށްބުނާ ވާހަކަތައް ސަރުކާރުން މީގެކުރިން ދޮގުކުރި
އެއް މިލިއަން ޑޮލަރުގެ މައްސަލަ ވަނީ ފައިލް ކޮށްފަ
އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީން ބުނިއިރު، ސަރުކާރުން މިހާތަނަށް ބަހެއް ނުބުނޭ

ރާއްޖޭގެ ފަޅު ރަށްރަތަކާއި ފަޅުތަކާއި ބިންތައް ހަމައެއް އުސޫލެއްނެތި ވިއްކާ ދައުލަތުގެ މާލިއްޔާއަށް އެފައިސާ ނުވަދެ ވަކި ބައެއްގެ ޖީބަށް އެފައިސާތައް ވަންނަން ދޫކޮށްލާފައި ދެއަތް އުރާލައިގެން ތިބުމުގެ ނަތީޖާ މިދަނީ ފެންނަމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު ހިޔާނާތް ހިންގާފައިވަނީ އެމްއެމްޕީއަރުސީގެ ތެރެއިން ކަމަށް ހުދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވިއިރު، އެ ހިޔާނާތް ހިންގުމުގައި އެންމެ ބޮޑު ތުހުމަތެއް ކުރެވިފައިވަނީ ހުދު އެމަނިކުފާނުގެ މައްޗަށާއިި އެމަނިކުފާނުގެ ކުރީގެ ނައީބު ރައީސް އަހުމަދު އަދީބުގެ މައްޗަށެވެ. އެ ހިޔާނާތް ނިމެނީ އަދީބާ ހަމައިންކަމަށް ވިދާޅުވެ، އަދީބު ޖަލަށްލުމަށް ފަހު އެމަނިކުފާނު އެހުންނަވަނީ ވެރިކަމުގަ އެވެ.  މިސަރުކާރު ދެމި މިއޮތީ ފަރާތްފަރާތުން ވިއްދާ މުޑިތަކެއް ސަބަބުންނެވެ. މުޑި ތަކުގެ ގޮތުގައި ފަރާތްފަރާތުގައި ވިއްދާފައި ވަނީ ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ އިތުރުން ސިފައިންނާއި ފުލުހުންނެވެ.

އެމްއެމްޕިއާރުސީގެ ހިނާޔާތުގެ ތެރެއިން ކަންކަން ހިންގަމުންދާކަން ސިޔާސީ ބައެއް ބޭފުޅުން ގެންދެވީ ރައްޔިތުންނަށް ފެންމަތި  ކޮށްދެމުންނެވެ. މިނިވަން މުއައްސަސާތަކުގެ ސަމާލު ކަމަށް ވެސް ގެންނަމުންދިޔައެވެ.

އެމްއެމްޕީއަރުސީގެ ހިޔާނާތާއި އަދިވެސް ސަރުކާރުން ހިންގާ ކޮރޮޕްޝަނާއި ހިޔާނާތުން ފައިސާ ހޯދޭނެ ގޮތްތައް ސަރުކާރުން ފަހިކުރަމުންދިޔައިރު އެކަންކަން ފޮރުވުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައި ވެއެވެ. ސަރުކާރުގެ ވެރިންނަށާއި އެމީހުންނަށް ވާގިވެރިވާ ފަރާތްތަކަށް "ހަރާމް" ފައިސާ ހޯދޭނެ ގޮތް އެންމެ ބޮޑަށް ތަނަވަސް ކޮށްދެމުން ދިޔައީ އެމްއެމްޕީއާރުސީގެ ތެރެއިންނާއި ސަރުކާރު ކުންފުނިތަކުން ނެވެ. މިކަންކަން ސިޔާސީ އިދިކޮޅު ފަރާތްތަކަށް އެނގިގެން އެނގުނު މިންވަރަކަށް މިވާހަކަތައް ދައްކަން ފެށިއެވެ. ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ހިޔާނާއިތާއި ފަސާދައިގެ އަމަލުތަކުގެ ވާހަކަތައް ސީދާ ރައީސް ޔާމިންއާ ހިއްސާ ކުރެއްވުމާއެކު، ނިޔާޒަށް ޖެހިވަޑައިގެންނެވީ ވަޒީފާ ދޫކުރައްވައި ގެއަށް ވަޑައިގަންނަވާށެވެ. މާގިނަ ދުވަހެއް ނުވެ ވަރަށް ތަފާތު ވާހަކަތައް ރަށުތެރޭގައި އިވެންފެށި އެވެ. އޮޑިޓަރ ޖެނެރަލް ގެއަށް ފޮނުވާލުމަށް ފަހު، ރައްޔިތުންގެ މަޖިލީސް ސަރުކާރުގެ މުށުތެރޭގައި އޮތުމުން، ބޭނުވާ ގާނޫނުތައް ފާސްކުރަމުން ވެސް ގެންދިޔައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ގާނޫނުތަކުގެ ތެރޭގައި ބިޑަކާ ނުލާ ރާއްޖޭ ފަޅު ރަށްރަށާއި ފަޅުތަކާއި ބިންތައް ވިއްކޭގޮތަށާއި ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭގޮތަށް ގާނޫނުއަސާސީއާއި ގާނޫނުތައް އިސްލާހުކުރުމުގެ އިތުރުން، ސަރުކާރުން ހިންގާ ޖަރީމާތުގެ ވާހަކަތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީފާނެ ކަމުގެ ބިރަށްޓަކައި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނެއް ވެސް މަޖިލީހަށް ވައްދާ، މިގާނޫނުތަކުގެ ބޭނުން ސަރުކާރުން ވަރަށް ސިއްރިއްޔާތުގައި ކުރަމުން ދިޔަ ނަމަވެސް، ރައްޔިތުންނަށް ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަތައް މެދުނުކެނޑި ދިޔައީ އިވެމުންނެވެ. ނަމަވެސް ސަރުކާރުން ހިންގާފައިވާ ޖަރީމާތުގެ ތެރެއިން ރައްޔިތުންނާ ހަމައަށް ފެންމަތިވެފައި މިވަނީ ވަރަށް ކުޑަ މިންވަރެކެވެ. އަދި ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ސައްހަ މައުލޫމާތު ދިނުމަށް ދެކޮޅު ހަދަމުންދިޔަ އެވެ.

ސަރުކާރުން ހިންގާފައިވާ ކަމަށް ބުނާ ޖަރީމާތުގެ ވާހަކަތަކުގެ ތެރެއިން ވަރަށް މުހިއްމު ބައެއް ކަންކަން ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމަށްވާ "އަލްޖަޒީރާ" އިން ވަނީ ބްރޯޑްކާސްޓް ކޮށްފަ އެވެ. "ސްޓީލިންގ ޕެރަޑައިސް" ޑޮކިއުމަންޓްރީގެ ނަމުގައި ތައްޔާރުކޮށްފައިވާ އެ ޑޮކިއުމެންޓްރީން ސަރުކާރާމެދު ކުރެވޭ ތުހުމަތުތަކުގައި ހަގީގަތްތަކެއްވާކަން ހާމަވިއެވެ. ހުދު ރައީސް ޔާމީން ވެސް ވަނީ އެމަނިކުފާނު ދިރިއުޅުއްވި އެމަނިކުފާނުގެ އަމިއްލަފުޅުގެކޮޅަށް ފޮށިފޮށީގައި "ހަރާމް" ފައިސާ ވައްދާފައިވާކަން އަމިއްލަފުޅަށް އިއުތިރާފް ވެވަޑައިގަންނަވާފަ އެވެ.

މީގެއިތުރުން ވެސް ރައީސް ޔާމީން  އިސްލާމް ދީނާ ހިލާފު އެތައް ވާހަކަފުޅެއް ދައްކަވާފައި ކަމުގެ ތުހުމަތު ދީނީ އިލްމްވެރިން ވަނީ  ކޮށްފައެވެ. އަދި ރައީސް ޔާމީން ވަގުތުން ވަގުތަށް ވެރިކަމުން އަޒުލް ކުރަންޖެހޭ ކަމަށް ބައެއް ދީނީ އިލްމުވެރިން ގެންދެވީ ވިދާޅުވަމުންނެވެ.

ނަމަވެސް ބުނަން މިއުޅޭ ވާހަކައަކީ ކުރިން ރައީސް ޔާމީން އަމިއްލަފުޅަށް ވެވަޑައިގެންނެވި އިއުތިރާފުތަކާއި އިސްލާމް ދީނާ ހިލާފު ވާހަކަފުޅުތައް ތަކުރާރުކޮށް ދައްކަވާކަމަށް ދީނީ އިލްމުވެރިން ވެސް ތުހުމަތު ކޮށްފައިވާއިރު، އެމަނިފާނު އެ ހުންނެވީ އަދިވެސް ވެރިކަމުގައެވެ. އެމަނިކުފާނުގެ މައްޗަށް ކުރެވޭ އެއްވެސް ތުހުމަތެއް ބެލޭނެ އިދާރާއެއް މި ދިވެހިރާއްޖެއަކު ނެތެވެ.

މި ސަރުކާރުގެ މައްޗަށް ކުރެވުނު 1.5 ބިލިއަން ޑޮލަރުގެ މަނީ ލޯންޑްރިންގ މައްސަލައާއި އެމްއެމްޕިއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ އިތުރުން މިސަރުކާރުގެ ވެރިކަމުގައި ނޫސްވެރިޔަކުން "ވަގަށް" ނެގުމާއި ވެރިކަމަށް ހަތަރު އަހަރުވިއިރު، ލާއިންސާނީ އަނިޔާތަކާއެކު އެތައްބަޔަކު މަރާލާފައިވާއިރު، ޝަރުއީ ކޯޓުތަކާއި ރައްޔިތުންގެ މަޖިލީހާއި ސިފައިނާއި ފުލުހުން މުށުތެރެއަށް ލައިގެން ވެރިކަންކުރާ ބަޔަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ނިންމާ ރިޕޯޓަކުން ވަކި ވާނީ ކޮންކަމެއްތޯ އެވެ.

ތިޔަ ކޮމިޝަނަކުން ތިޔަ ތަހުގީގެއް ހިންގާތާވެސް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިހާތަނަށް އާއްމުވި ރިޕޯޓެއްގައި ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަތްކަމަށް ބުނެފައިވާއިރު، އެއީ އާވަހާކައެއް ނޫނެވެ. އެކަމަކު އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނުމަކީ ބޮޑު ކުރިއެރުމެކެވެ. އެ ފައިސާއަކީ ބޭންކް ޓްރާންސެކްޝަނެއް ކަމުން އޮޅުވާލުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެތާއެވެ. އަދި ރައީސް ޔާމީން އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަން ދިވެހި ހުރިހާ ރައްޔިތުންނަށްވެސް އެނގޭއިރު، ރައީސް ޔާމީންގެ އެކައުންޓަށް އެ އެއް މިލިއަން ޑޮލަރު ޖަކޮށްފައިވާކަން ހާމަ ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް ވިސްނުނީ ތޯއްޗެކެވެ. އަދި އެ ރިޕޯޓް އާއްމު ކުރީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ފަރާތުން އަންނާނެ "ރިއެކްޝަނަކަށް" ބަލާލަން ކަމަށް ވެސް ވެދާނެތާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
4 ނޮވެންބަރ 2017 | ހޮނިހިރު 12:56
ސައްޕޭ
ދެން މާލަސްތަކެއްނުވެ އަޑުއިވޭނީ އޭސީސީ ވެރިން ވަޒީފާއިން ވަކިކުރާ ޚަބރު