ކ. މާލެ
|
4 ނޮވެންބަރ 2017 | ހޮނިހިރު 08:48
ބީޗް ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ވަނަވަނައަށް ދިޔަ ފަރާތްތައް
ބީޗް ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ވަނަވަނައަށް ދިޔަ ފަރާތްތައް
ވީއޭއެމް
ބީޗް ވޮލީ މުބާރާތް
ވިދިވިދިގެން ނުވަ ވަނަ ފަހަރަށް ބީޗް ވޮލީ މުބާރާތް ކުޑަ ކާއްޓޭ އާއި އައްކަޅޭ ކާމިޔާބުކޮށްފި
އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ރާޝިދާ އަދި ޒީނިއާ
އައްކަޅޭ އަދި ކުޑަކާއްޓޭ ޗެމްޕިއަންކަން ހޯދީ އަނިލް އަދި އަދުނާނުގެ ޕެއާ ބަލިކޮށްގެން

ވޮލީބޯލް އެސޯސިއޭޝަނުން (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ގައުމީ ބީޗް ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ވިދިވިދިގެން ނުވަ ވަނަ ފަހަރަށް އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްފާގު އާދަމް (ކުޑަކާއްޓޭ) ހޯދައިފިއެވެ. 

މާލޭ އިރުމަތީ ފަރާތު ބީޗް ވޮލީ ކޯޓުގައި ކުރިޔަށްދިޔަ ފައިނަލް މެޗު ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާ މެޗު ކާމިޔާބު ކުރީ އަހުމަދު އަނިލް ނަސީރު އާއި އަދުނާން ހަމީދުގެ ޕެއާ ބަލިކުރުމަށްފަހުއެވެ. 

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގައި ގައުމީ ޓީމުގައި ހިމެނޭ އަނިލް އާއި އަދުނާނުގެ ޕެއާއާ ވާދަކޮށް ކުޑަ ކާއްޓޭ އާއި އައްކަޅޭގެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓްތައް ކުޑަކާއްޓޭ އަދި އައްކަޅޭގެ ޕެއާ ގެންދިޔައީ 17-21 އަދި 5-21 އިންނެވެ. 

މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި 13 ޓީމު ވާދަކޮށްފައިވާއިރު، އަންހެން ޑިވިޝަންގައި 14 ޓީމެއް ވާދަކުރިއެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ހައްވާ ރާޝިދާ އާއި ފާތިމަތު ޒީނިޔާ މޫސާގެ ޕެއާއެވެ. ރާޝިދާ އާއި ޒީނިޔާގެ ޕެއާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އައިޝަތު މާޖިދާ އާއި އާމިނަތު އަރީޝާގެ ޕެއާ ބަލިކުރުމަށްފަހުއެވެ. 

ބީޗް ވޮލީގެ ގައުމީ އަންހެން އަދި ފިރިހެން މުބާރާތް ކުރިޔަށް ގެންގޮސް ނިންމާލާފައިވާއިރު، މި މުބާރާތްތަކަކީ ބީޗް ވޮލީ ކުރިއެރުވުމަށް ކުރިޔަށް ގެންދިޔުމަށް އެ އެސޯސިއޭޝަނުން ކުރިޔަށްގެންދާ މަސައްކަތެކެވެ. 

ވީއޭއެމް އިން އަންނަނީ ބީޗް ވޮލީ ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އަންނަ އަހަރު ބީޗް ވޮލީ އަށް ފޯކަސްކޮށްގެން ކަންތައްތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް