ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ނެރުނު ވައިޓް އެލަރޓް، މެދުރާއްޖެތެރެ ހިމެނޭ ގޮތަށް ޔެލޯ އެލަރޓަކަށް ބަދަލުކޮށްފިއެވެ.
މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލަރޓްގައި ވަނީ ދެކުނުގެ އަތޮޅުތަކާ މެދު ރާއްޖެ ތެރެއަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިޔަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
ހެނދުނު ނެރުނު ވައިޓް އެލަރޓް ދެކުނުގެ ސަރަހައްދުތަކަށް ނެރެފައި ވަނީ މިއަދު ހަވީރު 5:15 އާ ހަމަޔަށެވެ. އެހެން ނަމަވެސް ފަހުން ނެރުނު ޔެލޯ އެލަރޓް ނެރެފައި ވަނީ 2:30 އާ ހަމަޔަށެވެ.
މި ދުވަސްވަރަކީ ވިހާ ނަކަތުގެ ދުވަސްވަރުކަމަށްވުމުން އާއްމުކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ދުވަސްވަރެކެވެ.