ރައީސް ޔާމީނަކީ ދިނީ އިލްމުވެރިންނަށް ފާޅުގައި ފާޑު ވިދާޅުވާ ބޭފުޅެއްކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ. ޝިދާތާ ވިދާޅުވީ، ދީނަށް ފުރައްސާރަކުރުމާއި ދީނީ އިލުމްވެރިންނަށް އެންމެ ފާޅުކަންބޮޑުކޮށް ފުރައްސާރަކުރި އެއްބޭފުޅަކީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ވަންތަކަމާއި ސަގާފަތް ހިންގެވުމަށްޓަކައި މަސައްކަތް ކުރާ ވާހަކަތައް ރަސްމީ ޖަލްސާތަކުގައި އަބަދު ގޮވަމުންދާއިރު، ބެންކޮކަށް ގޮސް އަންހެނުން ހޯދަނީ ހިލޭ ނޫން ކަމަށް ވިދާޅުވީ ވެސް ޚުދު ރައީސް ޔާމީން ކަމަށް ޝިދާތާ ވިދާޅުވިއެވެ.
ޝެއިޚް އިމްރާން ޖަލަށްލީ ދީނީ ގޮތުން ކަންކަން އޮތްގޮތް ބުނެދީ ގޯހުން މި ސަރުކާރުން ހިނގަމުންދާކަންކަން އެމަނިކުފާނަށް އިމްރާން އޮޅުން ފިލުވައިދެއްވަން މަސައްކަތްކުރެއްވުމުން ކަމަށް ޝިދާތާ ވިދާޅުވިއެވެ.
ދިއްދޫގައި ބުރާސްފަތި ދުވަހުގެރޭ ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ޒައާމަތުގައި މިހާތަނަށް ހިނގާފައިވާކަންކަން ބަލާފައި 2018 ގައި ކުރިއަށް ދިއުމަށް ދިވެހި ރައްޔިތުންނަށް ޝިދާތާ ގޮވާލެއްވިއެެވެ.
ޝިދާތާ ވިދާޅުވީ، އެބޭފުޅުންގެ ސަފުތައް މިހެން ބަދަހިކޮށް އޮތިއްޔާ 10 ފޫޓާ ހަމައަށް ވެސް ވެރިކަމަށް ހަވާލު ނުވެވޭވަރަށް 2018ގައި ރައީސް ޔާމީން ދުރުކުރާނެ ކަމަށެވެ.