ކ. މާލެ
|
3 ނޮވެންބަރ 2017 | ހުކުރު 04:30
އަލްޤައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން
އަލްޤައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން
ގޫގުލް
އުސާމާ ބިން ލާދިން
އުސާމާ ބިން ލާދިންގެ ކޮމްޕިއުޓަރުގައި ހުރީ ބުޅާތަކާއި ކުޑަކުދިންގެ މަޖާ ވީޑިއޯ
ކުޑަކުދިންނާއި ބުޅަލުގެ މަޖާ ވީޑިއޯތަކަކީ ޔޫޓިއުބްގައި އެންމެ މަޤްބޫލު ވީޑިއޯ ކެޓަގަރީތައް

2011ވަނަ އަހަރު އެމެރިކާގެ ނޭވީ ސީލްސް ސިފައިން މަރާލި އަލްޤައިދާގެ ލީޑަރު އުސާމާ ބިން ލާދިންގެ ކޮމްޕިއުޓަރުގައި ކުޑަކުދިންނާއި ބުޅަލުގެ މަޖާ ވީޑިއޯހުރިކަން ހާމަވެއްޖެއެވެ. އެމެރިކާގެ މަރުކަޒީ ޖާސޫސޫ އިދާރާއިން އާއްމުކޮށްފައިވާ މައުލޫމުން އެނގޭ ގޮތުގައި މިވީޑިއޯތަކަކީ ޔޫޓިއުބްގައި އާއްމުކޮށްފައިވާ ވީޑިއޯތަކެކެވެ. އެހެން ނަމަވެސް ޕާކިސްތާނުގެ އެބޮޓްއާބާދުގައި އުސާމާ ބިން ލާދިން ފިލައިގެން އުޅުނު ގެޔަކީ އިންޓަރނެޓް ނުލިބޭ ގެއެއްކަމުން އެގެއަށް އެވީޑިއޯތައް ގެންގޮސްފައިވަނީ ބޭރުން، ހާޑް ޑިސްކް ފަދަ ވަޞީލަތެއްގައިކަމަށް ބެލެވެއެވެ. މިވީޑިއޯތަކުގެ ތެރޭގައި ޔޫޓިއުބްގައި މަޝްހޫރުވި 'ޗާލީ ބިޓް މައި ފިންގަރ' ވީޑިއޯ ހިމެނެއެވެ. މިއީ ތުއްތު ކުއްޖަކު އޭނަގެ ކުޑަކުޑަ ބޭބެގެ އަތުގައި ދަތް އެޅުމުން އެކުއްޖާ ދަތް އެޅީކަމަށް ބުނާ ވީޑިއޯއެކެވެ. މީގެ އިތުރުން އައިސް އޭޖް އަދި އެންޓްޒްފަދަ ކާޓޫންތައްވެސް ބިންލާދިންގެ ލެޕްޓޮޕުން ފެނިފައިވެއެވެ. ކޮމްޕިއުޓަރގައި ސޭވްކޮށްފައިވާ މިވީޑިއޯތައް ލޭބަލްކޮށްފައިވަނީ ވަރަށް ފަސޭހައިން އެއީ ކޯއްޗެއްކަން އެނގޭގޮތަ ށް ލޭބަލްކޮށްފައެވެ.

ސީއައިއޭއިން އާއްމުކޮށްފައިވާ ލިސްޓުގައި އުސާމާ ބިން ލާދިންއާބެހޭ ޑޮކިއުމެންޓްރީތަކާއި އަސްކަރީ ޑޮކިއުމެންޓްރީތަކުގެ ތެރެއިން އޮރިޔާން ފިލްމްވެސް ހިމެނެއެވެ.

މީގެ އިތުރުން އެމެރިކާގެ ނިއުޔޯކްގެ ޓްވިން ޓަވަރަށް ދިން ހަމަލާ ރަމްޒުކޮށްދޭ ކްލިޕް އާޓެއްވެސް ފެނިފައިވެއެވެ. 2001ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާގެ ނިއުޔޯކްގެ ވޯލްޑް ޓްރޭޓް ސެންޓަރަށާއި، އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އަށް ދިން ޙަމަލާތަކަކީ އަލްޤައިދާގެ ޙަމަލާތަކެކެވެ. 

އުސާމާ ބިން ލާދިންގެ ގޭގައި ހުރި ކޮމްޕިއުޓަރުތައް އެމެރިކާ ސިފައިންވަނީ އޭނާ މަރާލިރޭ އެތަނުން ނެރެފައެވެ. އެމެރިކާގެ ކަނޑުގެ ސިފައިންގެ ޚާއްސަ ލަޝްކަރުން އުސާމާ ބިން ލާދިން މަރާލާފައިވަނީ 2011ވަނަ އަހަރުގެ މެއި މަހުގެ 1ވަނަ ދުވަހު ޕާކިސްތާނުގެ އެބޮޓްއާބާދުގެ ގެއެއްގައި އާއިލާއާއި އެކު ފިލައިގެން އުޅެނިކޮށެވެ. އުސާމާ ހޯދައިގެންފައިވަނީ އެމެރިކާގެ ސީއައިއޭއިން، އުސާމާއަށް ތަކެތި ގެންގޮސްދޭ މީހަކަށް ފާރަލަމުން ގޮހެވެ. އުސާމާއަށް މިފަދަ ވީޑިއޯތައް ގެންގޮސްދިނީވެސް މިމީހާކަމަށް ބެލެވެއެވެ.

- ކޮމެންޓް