ކ. މާލެ
|
2 ނޮވެންބަރ 2017 | ބުރާސްފަތި 19:55
ރާއްޖޭގެ ގައުމީ 19 އަހަރުން ދަށުގެ ޓީމު
ރާއްޖޭގެ ގައުމީ 19 އަހަރުން ދަށުގެ ޓީމު
ގޫގުލް
އޭއެފްސީ 19 އަހަރުން ދަށް
އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތް: ފަހު ވަގުތު ރާއްޖެ ބަންގަލްދޭޝް އަތްދަށުވެއްޖެ
ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުން

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވެއްޖެއެވެ.

ތަޖިކިސްތާނުގައި މިހާރު ކުރިޔަށްދާ އޭއެފްސީގެ 19 އަހަރުން ދަށުގެ ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރާއްޖޭގެ ޓީމުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު ރާއްޖޭގެ ޓީމުން ވަނީ ލަނޑު ޖެހުމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެހެނަސް މި ފުރުސަތުތަކުގެ ބޭނުން ރާއްޖެއިން ނުހިފުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގައި ބަންގްލަދޭޝްއިން ލަނޑެއްޖަހާ މެޗުން ތިން ޕޮއިންޓް ކަށަވަރު ކުރުމެވެ.

މި ގްރޫޕުގެ ދެން ކުޅުނު މެޗުގައި އުޒްބެކިސްތާނުން ވަނީ 10-0 އިން ސްރީ ލަންކާ ބަލިކޮށްފައެވެ. މި ގްރޫޕުގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު ބަންގްލަދޭޝް އޮތްއިރު ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތީ އުޒްބެކިސްތާނެވެ. ތިން ވަނައިގައި އެއް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތަޖިކިސްތާން އޮތްއިރު ހަތަރު ވަނައިގައި އެއް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އޮތީ ރާއްޖެއެވެ. އަދި މި ގްރޫޕުގެ ފުލުގައި އޮތީ ރާއްޖެއެވެ.

ރާއްޖެ ދެން އޮތް މެޗުގައި ނުކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ.

 

2018 ވަނަ އަހަރުގެ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި 43 ގައުމަކުން ވާދަކުރާއިރު މުބާރާތަށް ކޮލިފައިވާނީ 16 ގައުމެކެވެ. މި މުބާރަތުގެ ފުރަތަމަ މެޗުގައި ރާއްޖެ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް