ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް އިސްމާޢީލް އަޙްމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްމާއިލް އަހުމަދު އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައި ވަނީ ބުދަ ދުވަހުއެވެ. އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ވަނީ އިސްމާޢީލް އަޙްމަދު އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދީފައެވެ.
އިސްމާއިލް އަހްމަދު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކޮށްފައި ވަނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް އައްޔަންކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ.
އިސްމާއިލް އަހްމަދު މަޤާމުން އިސްތިއުފާ ދެއްވި ސަބަބު އޮޅުންފިލާ ގޮތްވަ ނީ ނުވެފައެވެ.