މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަން ހިންގާ އިމާރާތަށް ބަޔަކު ވަދެ ގެއްލުންތަކެއް ދީފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ރާއްޖެއެމްވީއާއި ވާހަކަ ދައްކަމުން ވިދާޅުވީ އެ އިމާރާތަށް ގެއްލުންތަކެއް ދީފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހެނދުނު 8 ޖަހާ ކަންހާއިރު ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހްގީގު ކުރަމުންދާތީ މިވަގުތު އިތުރުތަފްސީލެއް ހާމަ ކުރެވެން ނެތް ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އިމާރާތަށް ބަޔަކުވަދެ އިމާރާތަށް ގެއްލުންތަކެއް ދިނުމާއި ގުޅިގެން އިމާރާތުގައި ހުންނަ ފިހާރަ މިއަދު ވަނީ ބަންދު ކޮށްފައެވެ.
އިމާރާތަށް ބަޔަކުވަދެ ގެއްލުންދިނީ ކޮން ވަގުތަކުކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.