ކ. މާލެ
|
2 ނޮވެންބަރ 2017 | ބުރާސްފަތި 06:25
ފެލޮންވަނީ އެ ގައުމުގެ އަސްކަރިއްޔާގައި ހުންނަންޖެހޭ މިންގަޑަށްވުރެ އޭނާ ދަށްވެފައިވާކަމަށް ވިދާޅުވެފަ
ފެލޮންވަނީ އެ ގައުމުގެ އަސްކަރިއްޔާގައި ހުންނަންޖެހޭ މިންގަޑަށްވުރެ އޭނާ ދަށްވެފައިވާކަމަށް ވިދާޅުވެފަ
ގޫގުލް
މައިކަލް ފެލޮންގެ އިސްތިއުފާ
ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވުމުން އިނގިރޭސި ޑިފެންސް ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި
ފެލޮންވަނީ އެ ގައުމުގެ އަސްކަރިއްޔާގައި ހުންނަންޖެހޭ މިންގަޑަށްވުރެ އޭނާ ދަށްވެފައިވާކަމަށް ވިދާޅުވެފަ
ބޮޑުވަޒީރު މޭ ވަނީ ފެލޮންގެ އިސްތިއުފާ ގަބޫލު ކުރައްވާފަ

ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުމުން އިނިގިރޭސި ވިލާތުގެ ޑިފެންސް ސެކްރެޓަރީ މައިކަލް ފެލޮން ބުދަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިއީ އިނިގިރޭސި ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ސިލްސިލާކޮށް ކުރެވެމުންދާ މި ތުހުމަތާ ގުޅިގެން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވި މެމްބަރެވެ.

ބޮޑުވަޒީރު ތެރީސާ މޭއަށް ބުދަ ދުވަހު ފެލޮން ފޮނުއްވި ސިޓީފުޅުގައި، އެ ގައުމުގެ އަސްކަރީ ފައުޖުގައި ހުންނަންޖެހޭ މިންވަރަށްވުރެ މިންގަޑު ދަށަށް ގޮސްފައިވާކަމަށް ވިދާޅުވެފައެވެ.

ފެލޮންގެ މައްޗަށްވަނީ 2002 ވަނަ އަހަރު ރޭގަނޑުގެ ފަރިއްކޮޅެއްގައި އަންހެން ނޫސްވެރިޔެއްގެ ކަކުލުގައި ތަކުރާރުކޮށް ފިރުމާފައިވާކަމަށް ތުހުމަތު ކުރެވިފައެވެ.

ބޮޑުވަޒީރު މޭ ވަނީ ފެލޮންގެ އިސްތިއުފާ ބަލައިގަނެ، އައިއެސް ޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ފެލޮން އަދާ ކުރެއްވި ދައުރަށް ތައުރީފް ކުރައްވާފައެވެ.

 

- ކޮމެންޓް