ޕީޕީއެމުން "އަސްތާ ނަމުގައި ބާއްވަން ތައްޔާރުވަމުން ދިޔަ ޖަލްސާ ފަސްކޮށްފިއެވެ.
މާދަމާރޭ "އަސްތާ" ނަމުގައި ކާނިވަލް ސަރަހައްދުގައި ބާއްވަން ނިންމާފައިވާ އެ ޖަލްސާ ފަސްކުރީ ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެތީ ކަމަށް ޕީޕީއެމުން ބުންޏެވެ
އެހެންނަމަވެސް މި ޖަލްސާ ބާއްވާނެ ދުވަހެއް ޕީޕީއެމުން ހާމަކޮށްފައެއް ނުވެއެވެ. މި ޖަލްސާގައި ރައީސް ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް ބައިވެރިވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އަސްތާ ޖަލްސާ ފަސްކޮށްފައިވާއިރު، ޕީޕީއެމުން ވަނީ " ތައްޔާރު" ނަމުގައި ކާނިވަލް ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އަދި މާފަންނުގައި " ފިޔާތޮށި " ނަމުގައި ވަނީ ޖަގަހެއް ހުޅުވައި ޖަލްސާއެއް ބާއްވާފައެވެ.