ކ. މާލެ
|
1 ނޮވެންބަރ 2017 | ބުދަ 11:48
އަންހެންކުއްޖާއަށް ލިބުނު ތުއްތު ދަރިފުޅު ހަވާލުކޮށްފައި ވަނީ ވެލްފެއަރ އިދާރާއަކާ
އަންހެންކުއްޖާއަށް ލިބުނު ތުއްތު ދަރިފުޅު ހަވާލުކޮށްފައި ވަނީ ވެލްފެއަރ އިދާރާއަކާ
ގެޓީ އިމޭޖަސް
އިންޑިއާ ޜޭޕް
އިންޑިއާ ރޭޕް: ބޮޑުބޭބެއިންގެ މައްޗަށް ކުށް ސާބިތުވެއްޖެ
ދެވަނަ ބޮޑުބޭބެއަކީ ފުރަތަމަ ހައްޔަރު ކުރެވުނު ބޮޑު ބޭބެގެ ކޮއްކޮ
އަންހެންކުއްޖާއަށް ލިބުނު ތުއްތު ދަރިފުޅު ހަވާލުކޮށްފައިވަނީ ވެލްފެއަރ އިދާރާއަކާ

އިންޑިއާގައި ރޭޕްގެ ޝިކާރައަކަށްވެ މިދިޔަ އޯގަސްޓް މަހު ވިހެއި 10 އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރިކަމަށް އޭނާގެ ދެ ބޮޑުބޭބެއެއްގެ މައްޗަށް އިންޑިއާގެ އަވަސް ނިޔާ ކޯޓަކުން ސާބިތުވެއްޖެއެވެ.

އަންހެން ކުއްޖާ ބަލިވެ އިންކަން އެނގުނީ ޖުލައި މަހުގެ މެދުތެރޭ އޭނާ ބަނޑުގައި ރިއްސާ ކަމަށް ބުނުމުން އޭނާގެ މައިންބަފައިން އޭނާ ހޮސްޕިޓަލަށް ގެންދިއުމުންނެވެ.

ކުއްޖާގެ ފުރަތަމަ ބޮޑުބޭބެގެ މައްޗަށް ވެސް އޭނާ ރޭޕް ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލިއެވެ.

ދެވަނަ މީހެއްގެ މައްޗަށް ފުލުހުން ތުހުމަތު ކުރަން ފެށީ ފުރަތަމަ ތުހުމަތު ކުރެވުނު މީހާ އާއި ރޭޕްގެ ޝިކާރައަކަށްވި ކުއްޖާ ވިހެއި ތުއްތު ކުއްޖާގެ ޑީއެންއޭ ދިމާ ނުވާ ކަމަށް ފޮރެންސިކް ތަހުލީލުތަކުން ދެއްކުމުންނެވެ.

މައްސަލައިގެ އަޑު އެހުންތައް ހޯމަ ދުވަހު ނިންމާލާފައިވާއިރު ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ އަންގާރަ ދުވަހުއެވެ.

ފުރަތަމަ ހައްޔަރު ކުރެވުނު ބޮޑުބޭގެ ޝަރީއަތަށް މަހެއްހާ ދުވަސް ނަގާފައިވާއިރު ދެވަނައަށް ހައްޔަރުކުރި މީހާގެ ޝަރީއަތަށް ހޭދަވެފައިވަނީ 18 ދުވަހެވެ.

އުމުރުން 10 އަހަރުގެ ކުއްޖާގެ މި މައްސަލަ އިންޑިއާ އާއި ދުނިޔޭގެ ސަމަލުކަމަށް އައިސްފައިވާ މައްސަލައެކެވެ.

އެ ކުއްޖާ ބަލިވެއިންތާ 30 ހަފްތާ ވެފައިވާތީ އެބޯޝަން ހެދުމަކީ "މާ ރިސްކް ބޮޑު" ކަމެއް ކަމަށް ޑޮކްޓަރުން ލަފާ ދެއްވާތީ އެކަން ނުކުރުމަށް ޗަންދިގަރްގެ ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުން ވެސް ވަނީ ޑޮކްޓަރުންގެ އެ ލަފަޔަށް ރިއާޔަތް ކުރުމަށް ފަހު ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

ބަލިވެއިންތާ 20 ހަފްތާއަށް ފަހު، މައިމީހާއަށް ސިއްހީ ނުރައްކަލެއް އޮތް ކަމަށް ޑޮކްޓަރުން ސެޓްފިކެޓް ނުދޭ ނަމަ އެބޯޝަން ހެދުމަކީ އިންޑިއާގެ ގާނޫނުން މަނާ ކުރާ ކަމެކެވެ.

އަންހެންކުއްޖާއަށް ލިބުނު ތުއްތު ދަރިފުޅު ހަވާލުކޮށްފައިވަނީ ވެލްފެއަރ އިދާރާއަކާއެވެ

- ކޮމެންޓް