ކ. މާލެ
|
1 ނޮވެންބަރ 2017 | ބުދަ 09:07
އޮފިޝަލުން ވަނީ އެއީ ޓެރެރިސްޓް ހަމަލާއެއްކަމަށް ބުނެފަ
އޮފިޝަލުން ވަނީ އެއީ ޓެރެރިސްޓް ހަމަލާއެއްކަމަށް ބުނެފަ
އަލްޖަޒީރާ
ނިއުޔޯކް ޓްރަކް ހަމަލާ
ނިއުޔޯކް ޓްރަކް ހަމަލާ: އަށް މީހަކު މަރާލައި 11 މީހުން ޒަޚަމް ކޮށްލައިފި
ހަމަލާއާއި އައިއެސްއާ ގުޅިފައިވާކަމަށް ބެލެވޭ ނޯޓެއް ވަނީ ފެނިފައި
މި ހަމަލާ ދީފައިވަނީ އެމެރިކާއަށް ހިޖުރަ ކޮށްގެން އުޅޭ 29 އަހަރުގެ ޒުވާނެއް
އޮފިޝަލުން ވަނީ އެއީ ޓެރެރިސްޓް ހަމަލާއެއް ކަމަށް ބުނެފައި

ނިއުޔޯކްގެ  ލޯވަރ މެންހަޓަންގައި ބައިސްކަލް ދުއްވަމުން ދިޔަ ބައެއްގެ ތެރެއަށް ޕިކަޕެއް ވައްދާލައި މަދުވެގެން އަށް މީހުން މަރާލައި 11 މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެއެވެ.

މި އަމަލު ހިންގި، އުމުރުން 29 އަހަރުގެ ފިރެހެން މީހާގެ ގަޔަށް ބަޑިޖަހައި ފުލުހުންވަނީ އޭނާ ހައްޔަރުކޮށްފައެވެ. އޭގެ ފަހުން އޮފިޝަލުން ވަނީ އެއީ ޓެރެރިސްޓް ހަމަލާއެއްކަމަށް ބުނެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސައިފުﷲ ސައިޕޮވް ނަމަކަށް ކިޔާ އެ މީހާ އަކީ 2010 ވަނަ އަހަރު އެމެރިކާއަށް ހިޖުރަކޮށްފައިވާ މީހެކެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި އޭނާ ދިރިއުޅެނީ ފްލޮރިޑާގައެވެ.

ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ބުނެފައިވާ ގޮތުގައި ހަމަލާދޭން ބޭނުންކުރި ޕިކަޕުގެ ތެރެއިން އައިއެސް ޖަމާއަތުގެ ނޯޓެއް ފެނިފައިވެއެވެ.

ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މިހާވަނީ ހޮސްޓަލަށް ގެންގޮސްފައެވެ.

ނިއުޔޯކް ސިޓީގެ މޭޔަރ ބިލް ޑި ބްލާސިއޯ ވިދާޅުވީ މިއީ "ކުށެއްނެތް އާއްމުންނަށް އަމާޒުކޮށްފައިވާ ޓެރެރިޒަމުގެ ފިނޑިއަމަލެއް"ކަމަށެވެ.

މިހަމަލާއަށްފަހު ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފާޅުކުރައްވައި ޓްވީޓެއް ކުރައްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް