އަންނަ ބުރާސްފަތި ދުވަހު ބާއްވާ ޕީޕީއެމްގެ ޖަލްސާއަށް ދާން އާސަންދަ އޮފީހުގެ މުވައްޒަފުނަށް އަންގައިފި އެވެ.
އާސަންދަ އޮފީހުގެ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އެ އޮފީހުގެ އިސް ވެރިއަކު ވަނީ ޕީޕީއެމްގެ ޖަލްސާއަށް ކޮންމެހެންވެސް ދިއުމަށް އެތަނުގެ މުވައްޒަފުންނަށް އަންގާފައި ކަމަށެވެ. އޭނާ ބުނީ އެތަނުގައި އެ ވަގުތު ތިބި މުވައްޒަފުން އެއްޗެކޭ ނުބުނުމުން ޖަލްސާއަށް ނުދިއުމަށް "ނޯޗޮއިސް" ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ހަމަ ޖައްސާފައިވަނީ ކާނިވާ ސަރައްދުގަ އެވެ. މި ޖަލްސާއަށް ދިއުމަށް ސަރުކާރުގެ އެހެން ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒަފުނަށް އަންގަމުންދާ ކަމަށް މުވައްޒަފުން ދަނީ ބުނަމުންނެވެ.
މީގެ ކުރިން ވެސް ކުޑަ ގަނޑުކޮޅެއްގައި ނަމްބަރެއް ޖެހުމަށް ފަހު، އެ ގަނޑު ކޮޅު ހިފައިގެން ޕީޕީއެމުން ބާއްވާ ޖަލްސާއަށް ދިޔުމަށް ސަރުކަރުގެ ކުންފުނިތަކުގެ މުވައްޒިފުންނަށް މަޖުބޫރުކޮށްފައިވެ އެވެ.