ހދ ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 33 އަހަރުގެ އަންހެން މީހާ ވަލުތެރޭ ހޭނެތިފައި އޮއްވައި ފެނިއްޖެއެވެ.
އަންގާރަ ދުވަހު ގެއްލިގެން ހޯދަން ފަށާފައިވަނީ ކުޅުދުއްފުށީގައި ދިރިއުޅޭ އެ އަތޮޅު ނޮޅިވަރަމް އާމިނަތު ޒީނިޔާ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒީނިޔާ ފެނިފައިވަނީ ކުޅުދުއްފުށީ ޗިލްޑްރަންސް ސާރވިސް ސެންޓަރާއި ދިމާލު ވަލުތެރޭގައި އޮއްވައެވެ. އޭނާ ފެނުނު އިރު އޮތީ ހޭނެތިފައެވެ. އޭނާއަށް މިހާރު ގެންދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ އަންހެން މީހާ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގެއިން ފެނިފައިވާ ކަމަށާއި ގެއްލިގެން ކައުންސިލަށް ރިޕޯޓް ކޮށްފައި ވަނީ ގާތްގަނޑަކަށް 8:30 ހާއިރު ކަމަށެވެ.