ކ. މާލެ
|
1 ނޮވެންބަރ 2017 | ބުދަ 06:16
ޒަހަރު ދީގެން މީހުން މެރުމަކީ ރަށްފުށު ހިސާބުތަކުގައި ބައެއް ޤައުމުތަކުގައި އަދިވެސް އާއްމު ކަމެއް
ޒަހަރު ދީގެން މީހުން މެރުމަކީ ރަށްފުށު ހިސާބުތަކުގައި ބައެއް ޤައުމުތަކުގައި އަދިވެސް އާއްމު ކަމެއް
އާރުޓީ
ޕާކިސްތާން
ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި
ފިރިމީހާއަށް ދޭން ޒަހަރު އެޅި ކިރުތަށި ނުބޮއެ ހުއްޓާ އާއިލާ މީހުން އެއިން ތައްޔާރުކުރީ އެހެން ބުއިމެއް

ޕާކިސްތާނުގެ އަންހެނަކު އޭނާގެ ފިރިމީހާއަށް ޒަހަރު ބޯން ދީގެން މަރާލަން އުޅުމުގެ ތެރޭގައި ފިރިމީހާގެ އާއިލާގެ 15 މީހަކު މަރާލައިފިއެވެ.

ޕާކިސްތާނުގެ މުޒައްފަރުޣާރް ސަރަަހައްދުގެ އަވަށެއްގައި ހިނގި މިޙާދިސާއަކީ މަޖުބޫރުން ކައިވެނިކުރުވި މި އަންހެން މީހާ އޭނާގެ ފިރިމީހާއަށް ދޭން ކިރުތައްޓަކަށް ޒަހަރު އެޅުމުން ހިޖނގި ޙާދިސާއެކެވެ. ފިރިމީހާއަށް ދޭން ހެދި ކިރު ތަށި އޭނާ ނުބޮއެ ހުއްޓާ އެއިން އޭނާގެ އާއިލާ މީހުން ލައްސި (ކިރުން ތައްުޔާރުކުރާ ޔޯގަޓް ބާވަތުގެ ބުއިމެއް) ހަދައިގެން އާއިލާ އެންމެން އެބުއިމާއިއެކު އެންމެން ބަލިވިއެވެ. އަދި ފަހަރަކު މީހަކު މަރުވަމުން ގޮސް މަރުވި މީހުންގެ އަދަދު ވަނީ 15 އަށް އަރާފައެވެ. އެއާއިލާގެ ބައެއް މީހުން އަދިވެސް ތިބީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. 

ފިރިމީހާ އެންމެ ފުރަތަމަ ކިރު ރަށި ނުބުއިނަމަވެސް ފަހުން ލައްސި ތައްށި ބުއިމުން އޭނާވެސް މަރުވީއެވެ. 

ޒަހަރު ދީގެން ފިރިމީހާ މަރާލުމުގެ ޚިޔާލު އަންހެން މީހާއަށް ދީފައިވަނީ އަންހެން މީހާ އާއި ލޯބީގެ ގުޅުން އޮތް ފިރިހެނެއްގެ ފަރާތުންކަމަށް ފުލުހުން ބުނެއެވެ. އަދި މިޙާދިސާއާއި ގުޅުގެން އަންހެން މީހާ އާއި އޭނާގެ ލޯބިވެރިޔާގެ އިތުރުން ލޯބިވެރިޔާގެ ބޮޑުދައިތައެއްވެސް ވަނީ ހައްުޔަރުކޮށްފައެވެ. 

އާއިލާތަކުން އެއްބަސްވުންތައް ހަދައިގެން ގަދަކަމުން ފުރާވަރުގެ އަންހެން ކުދިން ކައިވެނިކުރުވުމަކީ ޕާކިސްތާނުގައި، ޚާއްސަކޮށް ރަށްފުށުގެ ސަރަހައްދުގައި ޢާއްމުކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް