ބަނގްލަދޭޝްގައި ދިވެއްސަކު މަރުވެގެން އުޅޭ މައްސަލަ ބަލަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން ބަނގްލަދޭޝަންގައި މަރުވެފައިވަނީ އައްޑޫ، މަރަދޫފޭދޫ ކަލަރުމާގޭ، އުމުރުން 50 އަހަރުގެ ފަތުހީ ކިޔާ މީހެކެވެ. އަދި އޭނާ މަރާލާފައިވާކަމަށްވެސް ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ.
އެ މަރާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަނގްލަދޭޝްގައި ދިވެހި ރައްޔިތަކުން ނިޔާވެގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާތީ އެއީ ކިހިނެއް ހިނގިކަމެއްތޯ ސާފުކުރުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން ކަމަށެވެ. އަދި ދިވެއްސަކު މަރާލައިގެން އުޅޭކަން ކަށަވަރުނުވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިކަމާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.