ސިވިލް ކޯޓުގެ އަހަރީ ދުވަހާއި ގުޅިގެން އެ ކޯޓުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު އެކޯޓުން 2134 މައްސަލެއް ނިންމައިފި އެވެ.
މިއަހަރުގެ މިހާތަނަށް 2134 މައްސަލަ ސިވިލް ކޯޓުން ނިންމާފައިވީ ނަމަވެސް، މިދިއަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް އެކޯޓުން ވަނީ 2800 މައްސަލައެއް ނިންމާފަ އެވެ.
ސިވިލް ކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިއަ އަހަރުގެ މި މުއްދަތުގައި އެ ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު މިއަހަރުގެ މި މުއްދަތުގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދު އިތުރުވެފައިވެފައިވެއެވެ.
އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ 2،732 މައްސަލަ އެވެ. އަދި މި އަހަރުގެ މިހާތަނަށް 3،100 އަށް ވުރެ ގިނަ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވެ އެވެ.
ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުށަހަޅާފައިވަނީ 182 މައްސަލައެވެ. އޭގެތެރެއިން 149 މައްސަލައެއް ނިންމައިފަ އެވެ. އެކޯޓަށް މިދިއަ އަހަރު ހުށަހެޅިފައިވަނީ 93 މައްސަލައެވެ. އޭގެތެރެއިން 39 މައްސަލައެއް އަހަރު ނިމުނުއިރު ވަނީ ނިންމާފަ އެވެ.
ސިވިލް ކޯޓުގެ އަހަރީ ދުވަހާއި ގުޅިގެން އެކޯޓުން ވަނީ އާދިއްތަ ދުވަހު ހާއްސަ ރަސްމިއްޔާތެއް ބާއްވާ، އެ ކޯޓުގެ ކޮންމެ ޑިވިޝަނަކުން އެންމެ ގިނަ މައްސަލަ ނިންމި ގާޒީންނަށް ހަނދާނީ ފިލާ ދެއްވާފަ އެވެ. އަދި އެންމެ ރަނގަޅު މުވައްޒަފުންނަށް ވެސް ވަނީ ހަނދާނީ ފިލާ ދީފަ އެވެ.