ކ. މާލެ
|
31 އޮކްޓޯބަރ 2017 | އަންގާރަ 16:04
ޣައްޒާގެ ޓަނަލެއް، މިފަދަ ޓަނަލްތައް ހަދަންޖެހުނީ އިސްރާއިލުން ޣައްޒާ ހިސާރު ކޮށްފައިވާތީ
ޣައްޒާގެ ޓަނަލެއް، މިފަދަ ޓަނަލްތައް ހަދަންޖެހުނީ އިސްރާއިލުން ޣައްޒާ ހިސާރު ކޮށްފައިވާތީ
ބީބީސީ
ޣައްޒާގެ ހިސޯރު
އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި
އިސްރާއީލުން ބުނީ އެ ޓަނަލަކީ އެގައުމުގެ އިމުގެ ތެރެއަށް ވަންނަމުން ދިޔަ ޓަނަލެއްކަމަށް
ޓަނަލް ގޮއްވާލާފައިވަނީ ނުނިމެނީސް

އިސްރާއީލުން ޣައްޒާގެ ދެކުނުގެ ޓަނަލަކަށް ހޯމަ ދުވަހު ދިން ހަމަލާގައި ހަތް މީހުން މަރާލައި ނުވަ މީހުން ޒަޚަމް ކޮށްލުމުގެ ބަދަލު ހިފާނެ ކަމަށް ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ބުނެފިއެވެ.

"އަހަރެމެންނަށް ލިބިފައިވާ ރައްދު ދިނުމުގެ ހައްގު ބޭނުންކުރާނަން- މިއީ އަހަރެމެންގެ މަސްއޫލިއްޔަތެއް"، އިސްލާމިކް ޖިހާދު މޫވްމަންޓްގެ ލީޑަރ ދާއޫދު ޝިހާބް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އެއީ ގާނޫނީ ގޮތުން  ޖަމާއަތްތަކަށް ލިބިފައިވާ ހައްގެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްތީނުގެ މީޑިއާތަކުން ބުނިގޮތުގައި އިސްރާއީލުގެ ފައުޖުތަކުން ހަމަލާދީފައި ވަނީ ޚާން ޔޫނިސްގެ ޓަނަލަކަށެވެ.

ފަލަސްތީނުގެ ނޫސް އެޖެންސީއެއް ކަމަށްވާ ވަފާއިން ބުނީ އިސްރާއީލުގެ ފައުޖުތަކުން ހަމަލާދީފައިވަނީ ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ ޓަނަލަކަށް ކަމަށެވެ.

އިސްރާއީލުން ބުނާގޮތުގައި އެ ޓަނަލްތައް ގުޅެނީ އިސްރާއީލުގެ ސަރަހައްދީ އިމަށެވެ.

އިސްރާއީލުގެ އޮފިޝަލުން ވިދާޅުވެފައިވަނީ އިސްރާއީލުގެ ސަރައްދީ ރޮނގާ ކައިރީގައި އަޅަމުންދިޔަ ޓަނަލް ގޮއްވާލާފައިވަނީ ދުވަސްކޮޅެއް ވަންދެން އެ  މަސައްކަތް ހިނގާގޮތް ބެލުމަށްފަހު ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް