ހދ. ކުޅުދުއްފުށިން އަންހެނަކު ގެއްލިގެން ހޯދަމުން އެބަ ދެއެވެ.
ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން "ރާއްޖެއެމްވީ"އަށް އަންގާރަ ދުވަހު ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ އުމުރުން 33 އަހަރުގެ އައިމިނަތު ޒީނިޔާ ނަމަކަށް އަންހެނެއް ކަމަށާއި މިމީހާއަކީ ކުޅުދުއްފުށީގައި ދިރިއުޅޭ ނޮޅިވަރަމް މީހެއް ކަމަށެވެ.
އަބްދުލްލަތީފް ވިދާޅުވީ އަންހެން މީހާ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގެއިން ފެނިފައިވާ ކަމަށާއި ގެއްލިގެން ކައުންސިލަށް ރިޕޯޓް ކޮށްފައި ވަނީ ގާތްގަނޑަކަށް 8:30 ހާއިރު ކަމަށެވެ. އަދި މިހާރު އޭނާ ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ފުލުހުންނާއި ސިފައިން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ފުލުހުން ބުނީ ކުޅުދުއްފުށިން މީހަކު ގެއްލިގެން ހޯދަމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި އެ ކަމުގެ ސާފު މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.