ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސްފޯސް އަހުމަދު ޝިޔާމް އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ.
ޗީފް އޮފް ޑިފެންސްފޯސް އިންޑިއާ އަށް ފުރާވަޑައިގަންފައިވަނީ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ސަރަހައްދުގެ ކަނޑުމަތީގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން އިންޑިއާގައި ބާއްވާ ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެގޮތުން މި ފޯރަމްގައި ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަހުމަދު ޝިއާމް ތަގްރީރު ކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި، އެބޭފުޅާ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
"ގޯއާ މެރިޓައިމް ކޮންކްލޭވް" ނަމުގައި އިންޑިއާގެ ގޯއާގައި ބާއްވާ ފޯރަމްގައ މި ސަރަހައްދުގެ 10 ގައުމަކުން ބައިވެރިވެއެވެ. އެ ފޯރަމްގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ދިވެހިރާއްޖެ، ތައިލޭންޑް، ސިންގަޕޫރު، މެލޭޝިއާ، އިންޑޮނޭޝިއާ، ސްރީލަންކާ، ސީޝެލްސް، މިޔަންމާ އަދި ބަންގްލަދޭޝް ހިމެނެއެވެ.