ހައުސިންގ މިނިސްޓްރީގެ 40 މުވައްޒަފުން ވެރިކަން ކުރާ ޕީޕީއެމަށް ސޮއިކޮށްފިއެވެ.
ޝީ ބިލްޑިންގް ކުރިމަތިން، ބުރުޒު މަގުގައި ހުންނަ ހައުސް ޕްލާޒާ އިމާރާތުގައި ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތުން ހެދި ޖަހަގަ ހުޅުވާދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ. އަދި އެ ރަސްމިޔާތުގައި ހައުސިންގ މިނިސްޓްރީގެ 40 މުވައްޒަފުން ޕީޕީއެމަށް ސޮއިކޮށް، ރައީސް ޔާމީނަން ވަނީ މެމްބަރޝިޕް ފޯމް ހަވާލުކޮށްފައެވެ.
މިނިސްޓަރ މުއިއްޒު އިސްކޮށް ހުންނަވާއިގެން ބޭއްވި ޖަގަހަ ހުޅުވުމުގެ ރަސްމިޔާތުގައި އެމިނިސްޓްރީގެ 40 މުވައްޒަފުން ޕީޕީއެމާއި ގުޅުމުން ރައީސް ޔާމީން ވަނީ އެޕާޓީއާއި ގުޅުނު މިނިސްޓްރީގެ މުވައްޒަފުންނަން ޝުކުރު ދަންނަވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ ފިޔާތޮށި ޖަގަހަ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވީ މިނިސްޓްރ މުއިއްޒު ކަމަށެވެ. ޖަގަހަ ހެދުމުގެ މަސައްކަތުގައި މިނިސްޓަރ މުއިއްޒުއާއި އެކު ހަރަކާތެރިވި ހުރިހާ މުވައްޒަފުން ޕީޕީއެމަށް ސޮއި ކުރުމަކީ މުއިއްޒުގެ ކުޅަދާނަކަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީގެ 40 މުވައްޒަފުން ޕީޕީއެމަށް ސޮއި ކުރުމަކީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ޓަކައި އެޕާޓީން ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ.
ޝީ ބިލްޑިންގް ކައިރީގައި މި ޖަގަހަ ހެދުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އެތަނުގައި ޖަގަހެއް ހަދާކަން އެޕާޓީއަށް އެނގިފައި ނުވާކަމަށް ޕީޕީއެމްގެ ނައިބު ލީޑަރ އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ޖަގަހަ ހުޅުވުމުގެ ރަސްމިޔާތުގައި އަބްދުއްރަހީމް ވެސް ބައިވެރިވަޑައިގެންނެވިއެވެ.