ވަޅިން ހަމާދީ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގައި ހައްޔަރުކުރި އަފްރާހު އަބްދުއްރައްޒާޤް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމާދީ އަނަސް މަރާލި މައްސަލާއާ ގުޅިގެން ފުލުހުން ހައްޔަރުރި އަފްރާހު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ ހޯމަ ދުވަހުގެރޭ އެނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.
އަފްރާހު އަކީ އަނަސްގެ މަރުގެ މައްސަލައާއި ގުޅިގެން ފުލުހުން ހޯދަމުން ދިޔަ ދެމީހުންގެ ތެރެއިން އެކަކެވެ. އަފްހާރު ހައްޔަރުކޮށްފައި ވަނީ ޗާންދަނީ މަގުގައި ހުރި ގެއެއްގައި ފިލާގެން އުޅެނިކޮށެވެ. އަފްރާހުގެ އިތުރުން ފުލުހުން ހޯދަމުން ދިޔަ ތ. ކިނބިދޫ، ގުލްފާމުގޭ މުހައްމަދު ޝާޒް،21، ވަނީ ހައްޔަރު ކޮށްފަ އެވެ.
އަނަސްގެ މަރުގެ މައްސަލާގައި ޖުމްލަ ހަތް މީހުން ހައްޔަރުކޮށްފައިވާއިރު ، މިހާތަނަން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި، މ. ދިމިޝްގް އުސްމާން ޝަރީފާއި، ލ. ގަން، ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހުފޫޒްގެ އިތުރުން މާލޭ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ މައްޗަށެވެ.