ކ. މާލެ
|
30 އޮކްޓޯބަރ 2017 | ހޯމަ 14:29
ސައުދީގައި އަލަށް އާބާދުކުރެވޭ ސަރަހައްދުތަކުގައި ހުރިހާ ދީންތަކަށް ފުރުސަތު ދިނުމަށްވަނީ ރޭވިފައި
ސައުދީގައި އަލަށް އާބާދުކުރެވޭ ސަރަހައްދުތަކުގައި ހުރިހާ ދީންތަކަށް ފުރުސަތު ދިނުމަށްވަނީ ރޭވިފައި
އަލްއަރަބިއްޔާ
ސައުދީ އަންހެނުންގެ ހައްގުތައް
ސައުދީ އަރަބިއްޔާގެ އަންހެނުނަށް ސްޓޭޑިއަމްތަކަށް ވަންނަން ހުއްދަކުރަނީ
އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ އަންނަ އަހަރު ދިނުމަށްވަނީ ނިންމާފައި
ސިނަމާތައް ހުޅުވުމުގެ ހުއްދަ އަވަސް ގޮތެއްގައި ދީފާނެ ކަމަށް ބެލެވޭ
ސައުދީގައި އަލަށް އާބާދުކުރެވޭ ސަރަހައްދުތަކުގައި ހުރިހާ ދީންތަކަށް ފުރުސަތު ދިނުމަށްވަނީ ރޭވިފައި

ސައުދީ އަރަބިއްޔާގެ އަންހެނުނަށް ސްޓޭޑިއަމްތަކުގައި ބާއްވާ ކުޅިވަރުތައް ބެލުމަށް ވަނުމުގެ ހުއްދަ އަންނަ އަހަރުން ފެށިގެން ދިނުމަށް ނިންމާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އާއިލާތަކަށް ކުޅިވަރު ބެލުމަށްޓަކައި މައިގަނޑު ތިން ސިޓީއަކަށް ވަނުމުގެ ހުއްދަ ދޭން ނިންމާފައިވާއިރު އެ ތަންތަނުގެ ތެރޭގައި ހިމެނެނީ ރިޔާޒް ،ޖިއްދާ އަދި ދައްމާމް އެވެ. ސައުދީގައި އަލަށް ދާދި ފަހުން ގައުމީ ދުވަހުގެ މުނާސަބަތުގައި އަންހެނުންނަށް ސްޓޭޑިއަމަށް ވަނުމުގެ ހުއްދަ ދީފައި ވެއެވެ. 

ޖިންސީ ތަފާތު ކުރުންތަކުގެ ތެރެއިން ހަރުކަށި އުސޫލުތަކެއް ތަންފީޒުކުރެވެމުންދާ ސައުދީގެ އަންހެނުންނަށް މިއީ އަނެއްކާ ވެސް ލިބިގެންދާނެ އިތުރު މިނިވަން ކަމެކެވެ.

ސައުދީ އަރަބިއްޔާގެ އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމިކަން އިއުލާނުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ވަލީއަހުދު ސަލްމާން ބިން އަބްދުލް އަޒީޒު ގެންދަވަނީ ސައުދީއަކީ ޒަމާނީ މުޖުތަމައަށް ފެތޭ ތަނަކަށް ބަދަލުކުރައްވައި އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ގެންނެވުމަށް މަސައްކަތްކުރައްވަމުންނެވެ.

ސައުދީގެ ކުޅިވަރާ ބެހޭ އިދާރާއިން ބުނީ ތިން ސްޓޭޑިއަމެއްގައި އެކަމަށް ތައްޔާރު ވާން ފަށާނެ ކަމަށާއި" އޭރުން އާއިލާތާކާއެކު ވަދެވޭވަރަށް 2018 ވަނަ އަހަރުގެ ކުރީކޮޅު ތައްޔާރުވާނެ" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ބަދަލުތަކުގެ ދަށުން ކެފޭ، ރެސްޓޯރެންޓްތަކާއި މޮނިޓަރ ސްކްރީންތައް ސްޓޭޑިއަމްތަކުގައި ގާއިމް ކުރެވޭނެ ކަމަށެވެ.

މިހާތަނަށް އެ ގައުމުގައި ހުރީ ހަމައެކަނި ފިރެހެނުންނަށް ޚާއްސަ ސަރަހައްދުތައް ކަނޑައެޅިފައި ހުންނަ ސްޓޭޑިއަމްތަކެވެ.

ތެލުގެ ވިޔަފާރިއަށް ބަރޯސާވެފައި އޮތް ސައުދީއަށް ފުޅާދާއިރާއެއްގައި ރޭވިގެން މިގެ ނެވޭ އިސްލާހީ ބަދަލުތައް އިއުލާނު ކުރައްވާފައިވަނީ 2030 ގެ ތަސައްވުރުގެ ދަށުން އުމުރުފުޅުން 32 އަހަރުފުޅުގެ ވަލީއަހުދު މުހައްމަދެވެ.

ޝާހީ ގަރާރަކުން ދިން ހުއްދައިގެ ދަށުން އަންހެނުން އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ އަންނަ އަހަރުން ފެށިގެން ދޭން ނިންމާފައިވާއިރު ސިނަމާތައް ހުޅުވުމުގެ ހުއްދަ ވެސް އަވަސް ގޮތެއްގެ ދީފާނެ ކަމަށް ވަނީ ބެލެވިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް