އިލެކްޝަންސް ކޮމިޝަން އަށާއި އެ ކޮމިޝަންގައި ތިއްވެވި ބޭފުޅުންނަށް އެ ބޭފުޅުންގެ ގާނޫނީ މަސްއޫލިއްޔަތު އޮޅިވަޑައިގެންފައިވާ ކަމަށާއި އެ ބޭފުޅުން މަސައްކަތް ކުރައްވަނީ ޕިޕީއެމް މުސްތަޝާރުގެ ގޮތްޕެއްގެ ގޮތުގައި އިިލެކްޝަންސް ކޮމިޝަން ހައްދަވައިގެން ކަމަށް އެމްޑިޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ ރައްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، ގާނޫނު އަސާސީގައި ވާގޮތުން މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅުމުގައި ފަހުބަސް ބުނަން އޮންނަނީ ސުޕްރީމް ކޯޓުންކަމަށާއި އެކަން ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނަކުން ނޫންކަމަށެވެ.އޭނާ ވިދާޅުވީ، މަޖިލީހުގެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ސުޕްރީމް ކޯޓަކުން އަދި ކަނޑަނާޅާކަމަށާއި، އެކަމަކު އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބާއްވާށޭ ކިޔާ ފޫގަޅާފައި ނުކުތުމުން އެކަން ހަމައެއް ނުޖެހޭކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އިހަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވާންޖެހޭ ހެން އެއީ އިލެކްޝަންސް ކޮމިޝަނޭ.އެއްފަހަރު ސިޓީއެއް ލީމައި ދޭ ޖަވާބުފެނިފައި އަނެއްފަހަރު ސިޓީ ލީމައި އެބޭފުޅުންނާއި ބެހޭކަމަކަށް ނުވި،" ޝިފާޒު ވިދާޅުވިއެވެ.
އެހެން މެންބަރުން ތަކެއް ސިޓީއެއް ފޮނުވައި އެ މެންބަރުން ގެ ގޮނޑި ގެއްލިއްޖެކަމަށް އެ ކޮމިޝަނުން ގަބޫލުކުރައްވަނިތޯ ސުވާލުކޮށް އެކަން އޮޅުން ފިލުވައިދިނުމަށް އެދުމުން އެއަށް ދޭނެ ޖަވާބެއް ނެތޭ ކޮމިޝަނުން ބުނެފައިވާކަމަށެވެ. އިލެކްޝަންސް ކޮމިޝަނަކުން ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނަށް އޮޅި، ޕިޕީއެމް މުސްތަޝާރުގެ ގޮތްޕެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައިވާކަމަށް ޝިފާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި މިހާރު މި އޮތް އިލެކްޝަންސް ކޮމިޝަނުން މިނިވަން އިންސާފުވެރި އިންތިޚާބެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށެއް ނުދޭނެއެވެ. ޝިފާޒް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުވެސް އެތަށް ފަހަރަކު ފަސްކޮށް ނުބާންވަން މަަސައްކަތްތަކެއް ކުރިކަމަށާއި އެކަމަކު އެ އިންތިޚާބު ހޯދީ ދިވެހި ރައްޔިތުން ކުރިމަސައްކަތުންކަމަށެވެ. އަދި އެ އިންތިޚާބުގެ ނަތީޖާއާއެކު، ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން އެނގި ހާމަވުމާއެކު، ދެން އޮންނަ އިންތިޚާބަކަށް ރައްޔިތުނަށް ފުރުސަތު ނުދޭން މަސައްކަތް ކުރާނެކަމަށެވެ.ސަބަބަކީ ދެންވެސް ރައްޔިތުން ރައީސް ޔާމީންނަށް ބޮޑުތަނުން ނޫނެކޭ ބުނާނެތީ ކަމަށް ޝިފާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި މިހާރު ކޮމިޝަނުގައި ތިއްބެވި ބޭފުޅުން އެ ކުރައްވާ ކަންކަމުގެ ޒިންމާ އެބޭފުޅުން ނަންގަވަންޖެހޭނެ އެވެ. އަދި އެބޭފުޅުން ޖަވަބުދާރީ ކުރުވާނީ ދިވެހި ރައްޔިތުންކަމަށް ޝިފާޒް ވިދާޅުވިއެވެ.