އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު މަގާމު ބަދަލުކޮށް، އައްޑޫ ސިޓީއަށް ފޮނުވާލުމަށް ނިންމައިފި އެވެ.
"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޖަމްޝީދު އިންޓެގްރޭޓެޑް ސާވިސަސް ކޮމާންޑްގެ ވެރިޔާގެ މަގާމުން ދުރުކޮށް ޕްރޮޖެކްޓްސް އޮފިސަރެއްގެ ގޮތުގައި އައްޑުއަށް ފޮނުވާލަން ނިންމާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
އިންޓެގްރޭޓެޑް ސާވިސް ކޮމާންޑްގެ ވެރިޔާގެ މަގާމަށް ޖަމްޝީދު އައްޔަން ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.
ފުލުހުންގެ އެތެރޭގެ މަގާމްތަކަށް ގެންނަ ބަދަލުތަކުގެ މައުލޫމާތު، ފުލުހުންގެ މީޑިއާ އިން ހިއްސާ ނުކުރާތީ އެކަމުގެ މައުލޫމާތު ފުލުހުންގެ ފަރާތުން ވަނީ ލިބޭގޮތް ނުވެފަ އެވެ.