ކ. މާލެ
|
29 އޮކްޓޯބަރ 2017 | އާދީއްތަ 12:23
ރޮޑްރިގޭޒް ވިދާޅުވީ ތުހުމަތުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުންތަކަށް ސީރިއަސް އަސަރުތަކެއް ކޮށްފައިވާކަމަށް
ރޮޑްރިގޭޒް ވިދާޅުވީ ތުހުމަތުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުންތަކަށް ސީރިއަސް އަސަރުތަކެއް ކޮށްފައިވާކަމަށް
އޭއެފްޕީ
ކިއުބާ-އެމެރިކާގެ ގުޅުން
ސޮނިކް އެޓޭކްގެ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް:ކިއުބާ
ރޮޑްރިގޭޒް ވިދާޅުވީ ތުހުމަތުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުންތަކަށް ސީރިއަސް އަސަރުތަކެއް ކޮށްފައިވާކަމަށް
24 އަށް ވުރެ ގިނަ ޑިޕްލޮމޭޓުންނަށް ވަނީ ގޮތްނޭނގޭ ހަމަލާއެއްގެ ސަބަބުން ސިއްހީ މައްސަލަ ތަކާ ކުރިމަތިލާން ޖެހިފަ

ހަވާނާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ސްޓާފުންނަށް އަމާޒުކޮށް ސޮނިކް އެޓޭކެއް ދީފައި ނުވާކަމަށާއި އެކަން އެގޮތަށް ހިނގާފާވާކަމަށް ބުނާ ބުނުމަކީ ދެގައުމުގެ ގުޅުން ކުޑަކުރުމަށް "ސިޔާސީގޮތުން އޮޅުވާލަން" ދައްކާ ވާހަކައެއްކަމަށް  ކިއުބާއިން ބުނެފިއެވެ.

ކިއުބާގެ ފޮރިން މިނިސްޓަރ ބްރޫނޯ ރޮޑްރިގޭޒް ވަނީ އެއްވެސް ބާވަތެއްގެ ހަމަލާއެއް ދީފައި ނުވާނެކަމަށާއި "އެއީ ކަނޑައެޅިގެން ދޮގެއް" ކަމަށް ވިދާޅުވެފައެވެ.

ކިއުބާގެ ވެރިރަށް ހަވާނާގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުންގެ ތެރެއިން 24 އަށް ވުރެ ގިނަ މީހުން ވަނީ ގޮތްނޭނގޭ ހަމަލާއެއްގެ ސަބަބުން ސިއްހީ މައްސަލަ ތަކާ ކުރިމަތިލާން ޖެހިފައެވެ.

އެއާއެކު އެމެރިކާއިންވަނީ ހަވާނާގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުންނަށް ދެވުނު އާދަޔާ ޚިލާފް އެކޯސްޓިކް ހަމަލާއިން އެމީހުން ދިފާއުކުރަން އެ ގައުމު ނުކުޅެދުނު ކަމަށް ބުނެ އެމެރިކާގައި ތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު އެ ގައުމުން ފޮނުވާލާފައެވެ. އަދި ހަވާނާގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުންތަކެއް އަނބުރާ ގައުމަށް ގެންގޮސްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ދީފައިވަނީ ސޮނިކް އެޓޭކެއް ނަމަވެސް އެކަމަށް ހެކިދޭ އެއްވެސް ކަމެއް ނުފެނެއެވެ.

ސޮނިކް އެޓޭކަކީ އަޑެއް ބޭނުން ކޮށްގެން މީހުން މަރާލުމަށް ނުވަތަ ނުކުޅެދޭ މީހަކަށް ހަދާލަން ދެވޭ ބާވަތެއްގެ ހަމަލާއެކެވެ.

ކިއުބާގައި ހުންނަ އެމެރިކާ އެމްބަސީގައި މަސައްކަތްކުރާ ޑިޕްލޮމޭޓުންގެ ތެރެއިން މަދުވެގެން 21 މީހަކަށް އެކިކަހަލަ ސިއްހީ މައްސަލަތަށް ކުރިމަތިވެފައިވާކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ތެރޭގައި ސިކުނޑިއަށް ގެއްލުންވުމާ ބީރުވުމާއި ބޯ އެނބުރުމާއި އައްސސިވުން ހިމެނެއެވެ.

އެމެރިކާ އެމްބަސީ ސްޓާފުންނަށް އަމާޒު ކޮށްގެން އެފަދަ ކަމެއް ނުކުރާ ކަމަށް ބުނާއިރު އެމެރިކާއިން ވެސް މި ހަމަލާގެ ޒިންމާ ކިއުބާގެ ސަރުކާރުގެ ބޮލުގައި ނާޅުވައެވެ.

ވޮޝިންގޓަންގައި ދިރިއުޅޭ ކިއުބާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޮޑްރިގޭޒް ވިދާޅުވީ އެމެރިކާގެ އެ ތުހުމަތުތަކުގެ ސަބަބުން ދެ ގައުމުގެ އަދި ދެ ގައުމުގެ ސަރުކާރުގެ ގުޅުންތަކަށް ސީރިއަސް އަސަރުތަކެއް ކޮށްފައިވާކަމަށެވެ.

- ކޮމެންޓް