އިންޑިއާ ކަނޑުގެ ސަރަހައްދަކަށް ބިންހެލުމެއް އަތުވެއްޖެ އެވެ.
ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފިސް) އިން ބުނީ ބިން ހެލުން އައިސްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:05 ހާއިރު، ކާރލްސްބާގް ރިޖް ސަރަހައްދަށް ކަމަށެވެ. އެއީ ރާއްޖޭއާ ގާތްގަނޑަކަށް 801 ކިލޯ މީޓަރު ދުރުގައި އޮތް ސަރަހައްދެއް ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މެޓް އޮފީހުން ބުނީ 5.2 މެގްނިޓިއުޓްގެ ބާރު މިނުގައި އައި އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުފޯރާނެ ކަމަށާއި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނެތްކަމަށެވެ.
ކާލްސްބާގް ރިޖަކީ އިންޑިއާ ކަނޑުގެ ހުޅަނގު އޮންނަ ސަރަހައްދެކެވެ.
An earthquake of magnitude 5.2 has occurred near Carlsberg Ridge, distance of 801 km from Maldives, 09:05 local time. No threat to Maldives.
— Maldives Meteorology (@MetMaldives) October 29, 2017
ރާއްޖެއަށް ސުނާމީއެއްގެ އަސަރުކޮށް، މި ފަހުގެ ތާރީހެއްގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނީޝިއާގެ ސްމަޓްރާއަށް އެރި ސުނާމީގެ ކާދިސާއާ ގުޅިގެން ލިބުނު ގެއްލުންތަކެވެ.
އެ ބިރުވެރި އަދި އެހާމެ ހިތްދަތި ކާރިސާގައި 15,000 ދިވެހި ރައްޔިތުންގެ ގެދޮރު ގެއްލި ރާއްޖޭގެ އާބާދީގެ 62 އިންސައްތަ މީހުންނަށް އެކި ކަހަލަ ގެއްލުންތަކާ ކުރިމަތިލާން ޖެހުނެވެ.
މީގެ 12 އަހަރު ކުރިން، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި، ރާއްޖޭގެ ބޮޑު ބަޔަކަށް އެރި ސުނާމީގެ ސަބަބުން 82 މީހަކު މަރުވެ، 24 މީހަކު ގެއްލިފައިވެއެވެ.