ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އިންތިޒާމުކޮށްގެން ބާއްވާ "ފަސްޓްލޭޑީ ބަށި ޗެލެންޖް" ގެ ފައިނަލް މެޗު ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާފައިވާތީ ނިއުރޭޑިއަންޓުގެ ކުރީގެ ޗެއާމަން އަލީ ވަހީދު އެފްއޭއެމަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގަލޮޅު ދަނޑުގައި ބަށިކުޅެ، ރިހާކުރު ކައްކާ، އެފްއޭއެމް އިމާރާތުގައި ސިޔާސީ އޮފީސް ހިންގަން ޖާގަދީފި ކަމަށެވެ. އެ ޓްވީޓާއެކު އަލީ ވަހީދު ވަނީ، ފުޓުބޯޅަ ކުރި ނާރަނީ ކީއްވެތޯ އެފްއޭއެމަށް ސުވާލެއްވެސް އަމާޒު ކުރައްވާފަ އެވެ.
Galholhu dhandugai bashikulhe rihaakuru kakkaa, FAM imaaraathugai siyaasee office hingan jaaga dheefi! Futuboalha kuri naaranee keevvetho? ?
— Ali Waheed (@ali20waheed) October 27, 2017
އަލީ ވަހީދު އެ ޓްވީޓް ކުރެއްވިއިރު، ބައިނަލް އަގްވާމީ ފުޓް ބޯޅަ މެޗްތައް ކުޅެވެން އޮތް ހަމައެކަނި ދަނޑަކީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑެވެ. މިނިވަން ދުވަހުެގ އިވެންޓެއް ގަލޮޅު ދަނޑުގައި ބޭއްވި ނަމަވެސް މިފަހުން ފުޓް ބޯޅަ ފިޔަވާ އެހެން ހަރަކާތެއް އެ ދަނޑުގައި ބާއްވާފައެއް ނުވެއެެވެ. މީގެ ކުރިން ކްރިކެޓް ކުޅުނު ނަމަވެސް މިހާރު ކްރިކެޓެއްވެސް ގަޅޮޅު ދަނޑުގައެއް ނުކުޅެއެވެ.
މިއީ ފަސްލޭޑީއެއްގެ ހަރަކާތަކަށް ގަލޮޅު ދަނޑު ދޫކުރި ފުރަތަމަ ފަހަރެވެ. އަދި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ބަށި މުބާރާތެއްގެ ފައިނަލް މެޗް ކުޅެވި، ނިންމުމުގެ ކުލަގަދަ ރަސްމިއްޔާތެއް ބޭއްވިގެންދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.
ފަސްޓްލޭޑީ ފާތުމަތުގެ ބަށި ބޯޅަ މުބާރާތަށް ގަލޮޅު ގަނޑު ހިމެނޭ ބައެއް ސަރަހައްދުތަކުގެ ޕާކިން ޒޯންތަކުގައި ޕާކުކުރުން މަނާކުރުމާއި ގުޅިގެން އެސަރަހައްދުގެ އައްމު ބައެއް ރައްޔިތުންގެ ފަޑުކިޔުންތައް ވެސް ވަނީ މިސަރުކާރަށާއި އެފްއޭއެމަށް އަދި މެޑަމް ފާތުންއަށް އަމާޒު ވެފަ އެވެ.