ޕީޕީއެމް އުފެއްދި އަސާސްތަކާއި އެ ޕާޓީން ހިލާފުވާތީ ހިތާމަކުރައްވާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ އިންތިހާބީ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަހާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތު ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އުޅުއްވި ހުރިހަ ފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށެވެ. އަދި ޕީޕީއެމް އުފެއްދި އަސާސްތަކާއި އެ ޕާޓީން ހިލާފުވާތީ ހިތާމަކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
On the 6th anniversary of PPM, as its president, I thank all involved in setting up the party. I regret it has deviated from its objectives. pic.twitter.com/FlFCTbMIzl
— Maumoon Abdul Gayoom (@maumoonagayoom) October 27, 2017
ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވަނީ ރައީސް މައުމޫނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އެވެ. ރައީސް މައުމޫން ވަނީ ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް، ފާރިސް މައުމޫން ލިޔެކިޔުންތައް ހުށައެޅި ޕޮޓޯވެސް ޓުވީޓްކުރައްވާފަ އެވެ.
ޕީޕީއެމްގެ ރައީސަކީ، އެމަނިކުފާނުކަމަށް ރައީސް މައުމޫން ވިދާޅުވި ނަމަވެސް، ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ރައީސް މައުމޫން އެ ޕާޓީގެ މެމްބަރުކަމުންވެސް ވަކިކޮށްފަ އެވެ. އަދި އެމަނިކުފާނު ދަރިކަނަބަލުން ޔުމްނާ މައުމޫނާއި، ފާރިސް މައުމޫންވެސް ވަނީ އެ ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފަ އެވެ.