ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 14:58
ނަވާޒް ޝަރީފް މިވަގުތު ހުންނެވީ ލަންޑަންގައި
ނަވާޒް ޝަރީފް މިވަގުތު ހުންނެވީ ލަންޑަންގައި
ގޫގުލް
ނަވާޒް ޝަރީފްގެ ކަރަޕްޝަން
ނަވާޒް ޝަރީފް ހައްޔަރުކުރުމުގެ އަމުރެއް ނެރެފި
ނަވާޒް ޝަރީފްގެ މައްޗަށް ކޮރަޕްޝަނުގެ މައްސަލައިގައި ތިން ދައުވާއެއް އުފުލިފައިވޭ
ނަވާޒް ޝަރީފް ހުންނެވީ އިނގިރޭސި ވިލާތުގައި

ކޮރަޕްޝަނުގެ ތުހުމަތުގައި ކުރެވޭ ދައުވާއަށް ކޯޓަށް ހާޒިރުވެވަޑައިނުގަތުމުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ހައްޔަރުކުރުމުގެ އަމުރެއް ފަނޑިޔާރު ނެރުއްވައިފިއެވެ.

ނަވާޒް ޝަރީފްގެ އަނބިކަނބަލުންނަށް ލަންޑަންގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދާތީ ކޯޓަށް ހާޒިރުވެ ވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް، ނަވާޒް ޝަރީފްގެ ވަކީލް ބުރާސްފަތި ދުވަހު ވިދާޅުވި ނަމަވެސް ފަނޑިޔާރު މުހައްމަދު ބަޝީރު ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ.

މި މައްސަލައިގެ އަޑުއެހެމެއް ދެން ތާވަލުކޮށްފައި ވަނީ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހަށެވެ.

ކުރިޔަށް އޮތް އަޑުއެހުމުގެ ކުރިން ކަފާލާތުގެ ފުރުސަތު ނަވާޒަށް ނުދީފިނަމަ ޕާކިސްތާނުގެ ގާނޫނުގެ ދަށުން  ނަވާޒު ޝަރީފް އެނބުރި ޕާކިސްތާނަށް ވަޑައިގެންނެވިހާ އަވަހަކަށް ހައްޔަރު ކުރެވިދާނެއެވެ.

ގައުމުން ބޭރުން އެސެޓްސް ބައްލަވައިގެންފައިވާ ކަމަށް ތުހުމަތު ކުރެވި ތިން ދައުވާއެއް އުފުލިފައިވާއިރު މީގެ ކުރިން ވެސް އެތައް އަޑުއެހުންތަކެއް ނަވާޒްވަނީ ހާޒިރުވެ ވަޑައިނުގެން ދޫކޮށްލައްވާފައެވެ.

 

އުމުރުފުޅުން 67 އަހަރު ފުޅުގެ ނަވާޒް ޝަރީފް އިސްތިއުފާ ދެއްވާފައިވަނީ އެމަނިކުފާނުގެ ކޮރަޕްޝަނުގެ މައްސަލަ ބެލުމަށް ފަހު މަގާމުގެ ޝަރުތުތައް ގެއްލިވަޑައިގެންފައިވާ ކަމަށް ކަނޑައެޅުމުން ޖުލައި މަހުއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް