މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް އިސްލާހެއް ގެނެސްފި އެވެ.
މިނިސްޓްރީ އޮފް ހޯމް އެފެޔާޒް އިން ގެޒެޓްކޮށްފައިވާ މި އިސްލާހުގައި ބުނެފައި ވަނީ، މައާފު ދިނުމާއި އަބަދު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ހަތަރު ވަނަ މާއްދާގެ (ށ) ގެ ދަށުން އަބަދު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް އިސްލާހު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަދަބު ލުއިކޮށްދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމަށް ވަނީ ހިމަނާފަ އެވެ.
މި އުސޫލުގެ ދަށުން އަދަބު ލުއިކޮށްދީފައިވާ މީހަކު އެ އުސޫލުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޝަރުތުގެ މުއްދަތު ކާމިޔާބުކަމާ އެކު ފުރިހަމަކޮށްފި ނަމަ އެ ހުކުމް ތަންފީޒުވީ ކަމުގައި ބަލަންވާނެ ކަމަށް ވަނީ ނިންމާފަ އެވެ.
މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް އެމީހެއްގެ މައްޗަށް ކަނޑައަޅާފައިވާ ހުކުމްތަކުގެ ތެރޭގައި މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްތަކާއި ގަވާއިދާއި މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދުގެ 4 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ އިތުރު ހުކުމެއް ނުވަތަ ހުކުމުގެ ބައެއް ވާނަމަ، އެފަަދަ ހުކުމެއް ތަންފީޒު ކުރަންވާނެ ކަމަށް މި އިސްލާހުގައި ބުނެފައި ވެއެވެ.
މިއަހަރުގެ އޭޕްރީލް މަހު މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ވަނީ މާއާފުކޮށްދިނުމާއި އަދަލު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދުގެ ހަތަރު ވަނަ މާއްދާގެ (ށ)ގެ ދަށުން އަބަދު ލުއިކޮށްދިނުމުގައި އަމަލު ކުރާނެ ގޮތުގު އުސޫލު އާންމުކޮށްފަ އެވެ.