ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 10:11
ރައީސް ޓީމާ ތަކުރާރުކޮށް ގެންދަވަނީ ގޯހުން ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވަމުން
ރައީސް ޓީމާ ތަކުރާރުކޮށް ގެންދަވަނީ ގޯހުން ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވަމުން
ގޫގުލް
ޓީމާގެ ކޮރަޕްޝަންގެ މައްސަލަ
ސަސްޕެންޑް ކުރުމަށް ފެނޭތޯ ނެގި ވޯޓުން ބްރެޒިލްގެ ރައީސް ސަލާމަތްވެ ވަޑައިގެންފި
ރައީސް ޓީމާ ތަކުރާރުކޮށް ގެންދަވަނީ ގޯހުން ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވަމުން
މި އަހަރުގެ ކުރީކޮޅުވެސް ޓީމާއާ ދެކޮޅަށް މަޖިލީހުގައި ވޯޓް ނަގާފައިވޭ
ރައީސް ޓީމާ ތަކުރާރުކޮށް ގެންދަވަނީ ގޯހުން ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވަމުން

ކޮރަޕްޝަނުގެ ތުހުމަތުގައި ދައުވާ ކުރުމަށްޓަކައި މަގާމުން ސަސްޕެންޑް ކުރުމަށްޓަކައި ނެގި އިތުރު ވޯޓަކުން ބްރެޒިލްގެ ރައީސް މިޝޭލް ޓީމާ ސަލާމަތްވެވަޑައިގެންފިއެވެ.

އިންސާފަށް ހުރަސްއެޅުމާ ރޭވިގެން ޖަރީމާ ހިންގި ކަމުގެ ތުހުމަތުގައި ދައުވާ ކުރުމަށް ފޮނުވުމަށް ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ބުދަ ދުވަހުގެރޭ ނެގި ވޯޓްގައި އިދިކޮޅު ފަރާތްތަކަށް މި ވޯޓް ކާމިޔާބު ކުރުމަށް ބޭނުންވާ އަދަދަށް ވޯޓް ހަމަކުރެވިފައެއް ނުވެއެވެ.

މި ތުހުމަތުތަކަށް ޓީމާ އިންކާރު ކުރައްވައެވެ.

"އަނެއްކާވެސް އަހަރެމެންނަށް އިދިކޮޅު ފަރާތްތަކުގެ މައްޗަށް ކުރި ހޯދުނީ"ރައީސް ޓީމާގެ ބްރެޒީލިއަން ޑެމޮކްރެޓިކް މޫވްމެންޓް ޕާޓީގެ(ޕީއެމްޑީބީ)އަށް ނިސްބަތްވެ ވަޑައިގަންނަވާ ގާނޫނުހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ކާލޯސް މަރުން، ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމުގެ ކުރިން ލަވަކިޔާ ނަށަމުން ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރުމަށްޓަކައި މަގާމުން ސަސްޕެންޑްކޮށް ދައުވާކުރުމަށް ސުޕްރީމް ކޯޓަށް ފޮނުވުމަށް ގާނޫނުހަދާ މަޖިލީހުގެ މަދުވެގެން 342 މެމްބަރުންގެ ތާއީދު  ބޭނުންވެއެވެ.

ޓީމާ ހުއްޓުވި ކަމަށް ތުހުމަތު ކުރެވިފައިވާ ދައުވާތަކުގެ ތެރޭގައި އެއްގަމު މަސް ބަންދުކުރާ ކުންފުންޏެއް ކަމަށްވާ ޖޭބީއެސްގެ ކޮރަޕްޝަން މައްސަލަ ހިމެނެއެވެ.

މި އަހަރުގެ ކުރީކޮޅު ވެސް ޓީމާވަނީ  ރިޝްވަތުގެ ތުހުމަތުގައި ނެގުނު މިބާވަތުގެ ވޯޓަކުން ސަލާމަތްވެ ވަޑައިގެންފައެވެ.

ރައީސް ޓީމާ ތަކުރާރުކޮށް ގެންދަވަނީ ގޯހުން ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވަމުންނެވެ.

އުމުރުފުޅުން 77 އަހަރު ފުޅުގެ ޓީމާ ވަނީ ކުޑަކަމުދިއުމަށް ދަތިވުމުގެ ސަބަބުން ބުދަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. ނަމަވެސް ވޯޓް ނަގާ ނިމުމުގެ ކުރިން ވަނީ ދޫކޮށްލާފައެވެ.

ޓީމާ ވެރިކަމަށް ވަޑައިގެންފައިވަނީ ދައުލަތުގެ ބަޖެޓް ނަހަމަގޮތުގައި ބޭނުންކުރެއްވިކަމުގެ ކުށުގައި ކުރީގެ ރައީސް ދިލްމާ ރުސެފް މަގާމުން ވަކިކުރުމުން 2016 ވަނަ އަހަރުއެވެ.

- ކޮމެންޓް