ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 07:20
ލޫސް ޔުއަރ ސެލްފްއަކީ އެމިނެމްގެ އެންމެ ކާމިޔާބު އެއް ލަވަ
ލޫސް ޔުއަރ ސެލްފްއަކީ އެމިނެމްގެ އެންމެ ކާމިޔާބު އެއް ލަވަ
ރޮއިޓަރސް
ކޮޕީރައިޓްސް މައްސަލަ
އެމިނެމްގެ ލަވައެއް ބޭނުންކޮށްގެން ނިއުޒިލެންޑްގެ ސިޔާސީޕާޓީއަކުން ބައިމިލިއަނެއްހާ ޑޮލަރު ދޭންޖެހިއްޖެ
ލޫސް ޔުއަރ ސެލްފްއަކީ އެމިނެމްގެ އެންމެ ކާމިޔާބު އެއް ލަވަ
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މެއިމަހު

އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ އެމިނެމްގެ ލަވައެއް ކޮޕީރައިޓްސް އުސޫލާ ޚިލާފަށް ބޭނުން ކުރިކަމަށް ބުނެ ނިއުޒިލޭންޑްގެ ސިޔާސީ ޕާޓީއަކާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އޭނާއަށް ބަދަލުގެ ގޮތުގައި600،000 ނިއުޒިލޭންޑް ޑޮލަރު (412،000އެމެރިކާ ޑޮލަރު)ދިނުމަށް ކޯޓުން އަމުރު ކޮށްފިއެވެ.

ނިއުޒިލޭންޑްގެ ނޭޝަނަލް ޕާޓީން ވަނީ އެމިނެމްގެ ލޫސް ޔުއަރ ސެލްފް އާ ވައްތަރު މެލޮޑީއަކާ ރިދަމްއެއް ކެމްޕެއިން އިޝްތިހާރެއްގައި ބޭނުން ކޮށްފައެވެ.

ކޯޓުގެ ނިންމުމުގައި ބުނެފައިވާ ގޮތުން އެމިނެމް –އެސްކޭއާއި އެ ލަވަޔާ ހުރީ ކުޑަކުޑަ ތަފާތެކެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މެއިމަހުއެވެ.

އެމިނެމްގެ މިއުޒިކްތައް ޕަބްލިޝްކުރާ އެއިޓް މައިލް ސްޓައިލް އިން ނޭޝަނަލް ޕާޓީއާ ދެކޮޅަށް މައްސަލަ ހުށަހެޅީ އޮސްކާ ލިބިފައިވާ އެ ލަވައިގެ ލައިސެންސެ ދެވިފައިނުވާ ވާޝަންއެއް 2014 ގެ އިންތިޚާބުގެ ކެމްޕެއިންގައި ބޭނުން ކޮށްފައިވުމުންނެވެ.

ޕާޓީގެ ވަކީލުން ވަނީ  އެ އިސްތިހާރުގައި ބޭނުން ކޮށްފައިވާނީ އެމިނެމްގެ ލޫސް ޔުއަރ ސެލްފް ނޫން ކަމަށާއި ނަމަވެސް އެއީ އެމިނެމް-އެސްކޭކަމަށް ބުނެފައެވެ. އަދި އެ ރާގް ގަނެފައިވާނީ ސްޓޮކް މިއުޒިކް ލައިބްރަރީއަކުން ކަމަށެވެ.

ކޯޓުން ބުދަ ދުވަހު ނިންމާފައިވަނީ އެ ޓްރެކް އެމިނެމްގެ އޮރިޖިނަލް މަސައްކަތާ އެކަށީގެންވާ މިންވަރަކަށް ވައްތަރުކަމަށާއީ އެކަމުގެ ސަބުބުން ކޮޕީރައިޓް ގާނޫނާ ޚިލާފްވާ ކަމަށެވެ.

މި ހުކުމުގައި ބެރުގެ ޕެޓާންތަކާއި، ބެކްގްރައުންޑް ކޯޑްތަކާއި ކޮންމެ ވާޝަންއެއްގެ ވައައޮލިން ޓޯން ތަކަށް ރިއާޔަތް ކޮށްފައިވެއެވެ.

- ކޮމެންޓް