މިއަހަރުގެ މަސްވެރިންގެ ދުވަސް ހއ.އިހަވަންދޫގައި ފާހަގަ ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
ފިޝަރީސް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ކުރައްވާފައިވާ ޓްވީޓުގައި ވަނީ މިކަން ފާހަގަ ކުރައްވައިފަ އެވެ. އިހަވަންދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމަށް ނިންމާފައިވާ އިރު މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަަގަކޮށްފައިވަނީ ގއ. ގެމަނަފުށީގަ އެވެ.
Just announced that this year’s Fishermen’s day will be held in HA. Ihavandhoo, a dedicated fishers community. pic.twitter.com/38dADBjttp
— Mohamed Shainee (@mshainee) October 25, 2017
މިއަހަރު ފާހަގަކުރަނީ 37 ވަނަ މަސްވެރިންގެ ދުވަހެވެ.
މަސްވެރިކަން ކުރިއެރުވުމަށްޓަކައި މަސްވެރިކަމުގެ ދުވަސް ފާހަގަކުރަނީ އެކި އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގަ އެވެ.
މިދިޔަ އަހަރު ގެމަނަފުށީގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ބައިވެރިވަޑަިގެންފަ އެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 10 ވަނަ ދުވަހު އެވެ.