ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 19:27
ވައި 18 ފިއެސްޓާ އިފްތިތާހުކުރެއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާހަކަފުޅުދައްކަވަނީ
ވައި 18 ފިއެސްޓާ އިފްތިތާހުކުރެއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ވައި 18 ފިއެސްޓާ
ފިއެސްޓާގެ ދަށުން ކުޅިވަރުތައް އިނދަޖެހެނީ، އެސޯސިއޭޝަންތައް ހިމޭނުން!
ފިއެސްޓާ ކުރިޔަށް ގެންދާނީ 20 އަތޮޅު ހަ ޒޯނަކަށް ބަހާލައިގެން
ފިއެސްޓާ އަށް އޮފިޝަލުން ހަމަޖެއްސުމަށް އެސޯސިއޭޝަނުން އެއްބާރުލުންދޭ
ފިއެސްޓާ އަކީ 2018 އަށް ޕީޕީއެމްއިން ކުރާ ކެމްޕޭން ހަރަކާތެއް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އިސް ނަގައިގެން އަންނަ ޑިސެމްބަރު މަހު ބާއްވާ "ވައި 18 ފިއެސްޓާ" އަކީ ކުޅިވަރު ސިޔާސީވުމަށް ހުޅުވޭ ބޮޑު ދޮރެކެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 2018 އަށް ކުރައްވާ ކެމްޕޭންގެ ދަށުން އެ މަނިކުފާނު އިފްތިތާހު ކުރެއްވި މި ފިއެސްޓާއާއެކު ކުޅިވަރުތައް އިނދަޖެހެން ފަށައިފިއެވެ.

މި ފިއެސްޓާ އަކީ ޕީޕީއެމްގެ ކުޅިވަރު މެނިފެސްޓޯގައިވާ ކަންތައްތައް ހާސިލްކުރެވިފައިވާ މިންވަރު ރައްޔަތުންނަށް ހާމަކޮށްދިނުމަށް ބާއްވާ މުބާރާތެއްކަމަށް އެ ޕާޓީން ބުނާއިރު، މިކަން މިކުރަނީ ކުޅިވަރުތައް ފުނޑާލުމަށްފަހުއެވެ. ކުޅިވަރުތަކަށް ލިބެން އޮތް ފައިސާގެ ދޮރުތައް ބަންދު ކުރުމަށްފަހުއެވެ.

ފިއެސްޓާ އަކީ ސީދާ ކެމްޕޭނަށް ކުރާކަމަކަށްވާއިރު، އެކަމަށް ސަރުކާރު ކުންފުނިތަކުން ހަރަދުކުރުމަކީ ކުޅިވަރަށްދެވޭ އަނިޔާއެކެވެ. ކުޅިވަރު ކުރިއެރުވުމަށް ފައިސާ ނެތްއިރު، ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ފިއެސްޓާއަށް ފައިސާ ހަރަދުކުރުމަކީ ސިޔާސީ ކަންކަމަށް ފައިސާ ހަރަދު ކުރުންފަދަކަމެކެވެ.

 

Caption

ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކަކީ ބަޖެޓްގެ މައްސަލަ ދިމާވެފައިވާ ތަންތަނެވެ. އެ ތަންތަނަށް ސްޕޮންސާ ލިބެނީ ސަރުކާރު އަދި ޕްރައިވެޓް ކުންފުނިތަކުންނެވެ. އެހެން ނަމަވެސް ފިއެސްޓާގެ ދަށުން އެސޯސިއޭޝަންތަކުން މި އަހަރު ކުރިޔަށް ރާވާފައިހުރި ބައެއް މުބާރާތްތަކަށް ސްޕޮންސާ ލިބުން ވަނީ ދަތިވެފައެވެ.

ސްޕޮންސާއަކަށް އެދުނަސް ދޭ ޖަވާބަކީ އެ ކުންފުންޏެއްގެ ބަޖެޓުގައި ފައިސާ ނެތްކަމެވެ. އެހެންނަމަވެސް ފިއެސްޓާއަށް ފައިސާ ހަރަދުކުރަން ކުންފުނިތައް ތައްޔާރެވެ. މިއީ ކުޅިވަރާއި ސިޔާސީ ކަންކަން އެއްކުރުވުން ނޫންތޯއެވެ؟

20 އަތޮޅު ހަ ޒޯނަކަށް ބަހާލައިގެން ތިން ބުރެއްގެ މައްޗަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފިއެސްޓާގެ ސަބަބުން ކުޅިވަރުތައް ހަލާކުވަމުންދާއިރު، އެސޯސިއޭޝަންތައް ތިބީ ހިމޭނުންނެވެ. އެސޯސިއޭޝަންތަކުން ތަކުރާރުކޮށް ފިއެސްޓާއަށް އެއްބާރުލުން ދޭކަމަށް އިންކާރުކުރާއިރު، ބައެއް އެސޯސިއޭޝަންތަކުން އަންނަނީ ފިއެސްޓާއަށް ރެފްރީން ދޫކުރުމަށް ތައްޔާރުވަމުންނެވެ.

Caption

ފިއެސްޓާ ހިންގަނީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުންނެވެ. އެ ފަރާތްތަކުން ސްޕޮންސާ ހޯދަނީވެސް ސަރުކާރުންނެވެ. އެގޮތުން މިކަމުގައި ކަރަޕްޝަންގެ ކަންތައްތައް ހިމެނުމަކީވެސް އެކަށީގެންވާކަމެކެވެ. މުބާރާތުގެ ވަނަވަނައަށް އަންނަ ޓީމުތަކަށް ފައިސާގެ ބޮޑެތި އިނާމުތައް ހުށަހަޅާފައިވާއިރު، މިހާރުވެސް ސަރުކާރުގެ ގިނަ ކުންފުނިތަކުން ވަނީ ފިއެސްޓާއަށް ސްޕޮންސާދިނުމަށް އެއްބަސްވެފައެވެ.

ކުޅިވަރާއި ސިޔާސީ ކަންކަން އެއް ނުކުރެވޭނެއެވެ. މިކަމަށް އެސޯސިއޭޝަންތަކުން ނޫނެކޭ ބުނަންޖެހެއެވެ. ބަލަބަލާ ތިއްބާ ބަޔަކު ކުޅިވަރު ސިޔާސީކޮށް ނިންމާލަނީއެވެ. ކުޅިވަރަށް ހަރަދުކުރަން ހުރި ރައްޔަތުންގެ ފައިސާ ކެމްޕޭނަށް ހަރަދުކޮށް ނިންމާލަނީހެއްޔެވެ.؟ އަދިވެސް މިކަމާ އަޑުއުފުލަން ވަގުތު އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
26 އޮކްޓޯބަރ 2017 | ބުރާސްފަތި 08:10
ކާފަ
ކުޅިވަރު އެސޯސިއޭޝަންތަކަށް ވެދުން ސަލާމަށްފަހު ދަންނަވަމެވެ. އެސޯސިއޭޝަން ހިންގާނެ ފައިސާ ހޯދަން ނޭނގެންޏާ އެސޯސިއޭޝަން ހިންގަން ނޫޅޭށެވެ. ސަރުކާރަށް ބަލަދުއަރައިގެން މިތަށް އަހަރު ވީއިރުވެސް ކުރިއެރުމެއް ނުހޯދިވަނީ ތިތާގަ ތިބޭ ބައެއްގެ ކަންނެތްކަމުންނެވެ. އިހުތިރާމް ކާފަ