2018 ގެ ރިޔާސީ އިންތިޚާބުގައި ވޯޓުދޭނީ ކާކަށްތޯ ސުވާލުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، އަޙުމަދު މަޚްލޫފް ޓްވިޓަރގައި ފެއްޓެވި ޕޯލްއިން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ބުޅަލެއް ކާމިޔާބު ހޯދައިފިއެވެ.
އަންގާރަ ދުވަހުގެ ހަވީރު، 24 ގަޑިއިރުގެ ވަގުތަކަށް މަޚްލޫފް ފެއްޓެވި މި ޕޯލްގެ ވަގުތު ބުދަދުވަހު ހަމަވިއިރު، 1385 މީހުން މި ޕޯލްގައި ވޯޓު ލާފައިވެއެވެ. މި ޕޯލްގައި ވޯޓުދިން މީހުންގެ 11 އިންސައްތަ މީހުން 2018 ގެ ރިޔާސީ އިންތިޚާބުގައި ވޯޓުދޭނީ ރައީސް ޔާމީނަށް ކަމަށް ބުނެފައިވާއިރު، ވޯޓުދިން މީހުންގެ 89 އިންސައްތަ މީހުން ބުނެފައިވަނީ ރައީސް ޔާމީނާއި ވާދަކުރަނީ ބުޅަލެއް ނަމަވެސް، ވޯޓު ދޭނީ ބުޅަލަށް ކަމަށެވެ.
2018 ge riyaasee inthikhaab ga vote dheynee ?
— Ahmed Mahloof (@AhmedMahloof) October 24, 2017
ޕޯލް ޓްވީޓަށް އާންމުން ދީފައިޥާ ރައްދުތަކަށް ބަލާއިރު ގިނަ ބަޔަކު މި ވޯޓު ސަމާސާއެއްގެ ގޮތުގައި ބަލައިގަތް ނަމަވެސް، ބައެއް ފަރާތްތަކުން ވަނީ ހަމަ ހަޤީޤަތުގައިވެސް ރައީސް ޔާމީނަށްވުރެ ބުޅަލެއް ރަނގަޅު ވާނެ ކަމަށްބުނެ ޓްވީޓްކޮށްފައެވެ.
bulhaagandu hovan jaanaa maalun masakkah kohdheynan
— kappinasym (@KappiNasym) October 24, 2017
Bulhalah dheynee
— Mariyam Naseeba (@MariyamNaseeba) October 24, 2017
Mahey! Magey vote midhinee asslu bulhala
— Aishath yumna (@aishayum) October 24, 2017
Mifaharu bokeh nukuthas RY bodu thanun bailivaane
— Ibrahim Sivaas Sabir (@IbrahimSivaasSa) October 25, 2017
މި ޕޯލްއަށް ރައީސް ޔާމިންގެ ސަޕޯޓަރުން ކަމަށް ބެލެވޭ ބައެއް މީހުންވެސް ކޮމެންޓް ކޮށްފައިވާއިރު، އޭގެތެރެއިން ބައެއް ފަރާތްތަކުން ބުނެފައިވަނީ، އިދިކޮޅު ފަރާތްތަކުން އިންތިޚާބަށް ނެރޭނެ ކެނޑިޑޭޓެއް ނެތިގެން ބުޅަލެއް ނެރެން ނިންމީ ކަމަށެވެ.
Kurimathi laane meehaku nuvegen bulhaleh neren mdp nimaifi kame Mahloof bunefi
— Farey Sameer (@sameer_farey) October 24, 2017
Hehehe RN nu tha kurimathi lanee buni September ga male araa vaahaka Koche k thi kiyanee
— F@!$haN (@AbdullaFaishan) October 24, 2017
މީގެ އިތުރުން ބައެއް ފަރާތްތަކުން ވަނީ އިންތިޤާލީ ރައީސަކަށް ހަދަން އިދިކޮޅު ފަރާތްތަކަށް ލިބުނީ ބުޅަލެއްތޯވެސް ސުވާލުކޮށްފައެވެ.
Varah siyaasy noon inthigaalee candidate of opposition is a cat by spokesperson. Goih husvegen thafaathu kollee doa hama heyga huregen nerunu candidate eyta?
— demhanyz # (@demhanyz) October 25, 2017
ބައެއް މީހުން ބުނި ގޮތުގައި މިއީ މިހާރު ނަގަން މާ ލަސްވެސްވެފައިވާ ޕޯލެކެވެ.
Analytical, humorous, scientific, informative and logical. A poll long overdue. Thank you Mr Mahloof.
— Stealthy (@stealth311057) October 25, 2017
ދުނިޠޭގެ ކުރިއަރާފައިވާ އެކި ޤައުމުތަކުގައި މިފަދަ ސިޔާސީ ސަމާސާ ވަރަށް އާންމުކޮށް ފެންނައިރު، އެ ޤައުމުތަކުގައި މިފަދަ ކަންކަން ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގަތް ނަމަވެސް، ރާއްޖޭގައި މިފަދަ ޕޯލްތަކާއި، ޚާއްސަކޮށް ސިޔާސީ ސަމާސާ ވެފައިވަނީ އެ ރައްދުވާ ފަރާތްތަކަށް ވަރަށް ބޮޑަށް ބަލައިގަންނަން އުނދަގޫ އެއްޗަކަށެވެ.