ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 08:13
ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!
އޮކްޓޯބަރ ހަނގުރާމަ
ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!
ހަނގުރާމަ ފެށީ 1973 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަވަނަ ދުވަހު
ހަނގުރާމަ ކުރީ މިސްރާއި ސީރިއާއިން އިސްރާއިލާއި ދެކޮޅަށް
ރަސްމީކޮށް ހަނގުރާމަ ނިންމާލީ 5 ޖޫން 1974 ގައި

އޮކްޓޯބަރ ހަނގުރާމަ ނުވަތަ ޔޮން ކިޕޫރް ހަނގުރާމަ އަކީ މިސްރާއި ސީރިއާ ގުޅިގެން، 1973 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަވަނަ ދުވަހު އިސްރާއީލާއި ދެކޮޅަށް ފެށި ހަނގުރާމައެކެވެ. މި ހަނގުރާމަ 1973 ވަނަ އަހަރު ފެށުނު ނަމަވެސް، މި ހަނގުރާމަ ފެށެން ދިމާވި ހާލަތްތައް އުފެދިގެން އައީ އޭގެ 6 އަހަރުކުރިން 1967 ވަނަ އަހަރު ކުރެވުނު "ހަދުވަހުގެ ހަނގުރާމަ" އާއި ގުޅިގެންނެވެ.

1967 ވަނަ އަހަރުގެ ޖޫންމަހު، އިސްރާއީލުން މިސްރާއި، އުރުދުން އަދި ސީރިއާއަށް ކުއްލި ހަމަލާތަކެއް ދިނެވެ. މި ހަމަލާތަކާއި އެކު ފެށިގެން ދިޔަ ހަނގުރާމައިގެ ނަތީޖާއަކަށްވީ، އިސްރާއީލުން ގަދީމީ ފަލަސްޠީނުގެ ބިންތަކާއި، މިސްރުގެ ސިނާއީ ސަހަރާ އާއި ސީރިއާގެ ގޯލާންގެ އުސް ހިސާބުތައް ހިފުމެވެ. އެންމެ ހަ ދުވަހުގެ ތެރޭގައި އަރަބި ތިން ޤައުމުގެ އަސްކަރިއްޔާ ކުޑަކަކުލަށް ތިރިކޮށް، އަރަބި ބިންތަކުން އިސްރާއީލުގެ ބިމުގެ ތިންގުނައަށްވުރެ ބޮޑު ސަރަޙައްދެއް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ.

އޮކްޓޯބަރ ހަނގުރާމައިގެ ފުރަތަމަ 24 ގަޑިއިރު މިސްރާއި ސީރިއާއަށް ކާމިޔާބު ލިބުނު ނަމަވެސް، އޭގެ ފަހުން މި ހަނގުރާމައިގައި ކުރިހޯދީ އިސްރާއީލެވެ.

243 ދުވަހަށް ދެމިގެންދިޔަ މި ހަނގުރާމަ ރަސްމީ ގޮތެއްގައި ނިންމީ 1974 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް