އަފްޣާނިސްތާނުގެ ދެ މިސްކިތަކަށް އަމާޒުކޮށްގެން ދިން ހަމަލާގައި 60 މީހުން މަރާލައިފި ކަމަށް އޮފިޝަލުން ބުނެފިއެވެ.
އެއް ހަމަލާ ދީފައިވަނީ ބަޑި ހިފައިގެން ހުރި މީހަކު ގޮވާތަކެއްޗާއެކު ޝީއީންގެ މިސްކިތަކަށް ވަދެ ހަމަލާ ދީގެންނެވެ. މި ހަމަލާގައި މަދުވެގެން 39 މީހުން ވަނީ މަރުވެފައެވެ.
ދެވަނަ ހަމަލާއަކީ ގޯރް ޕްރޮވިންސްގައި ހުންނަ ސުންނީ މުސްލިމުންގެ މިސްކިތަކަށް ދިން ހަމަލާއެކެވެ. މި ހަމަލާގައި 20 މީހުން މަރުވެފައި ވެއެވެ.
އިސްލާމިކް ސްޓޭޓްގެ ނަންބޯޑް އަޅުވައިގެން އުޅޭ ޓެރެރިސްޓް ޖަމާއަތުން ވަނީ ކާބުލްގެ އިމާމް ޒަމާން މިސްކިތުގައި ހަމަލާ ދިނީ އެ ޖަމާއަތުން ކަމަށް ބުނެފައެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެއެވެ.
އަފްޣާނިސްތާނުގެ އެކި ކަންކޮޅުތަކުގައި ހުރި ޝއީންގެ މިސްކިތްތަކަށް މީގެ ކުރިން އެ ގްރޫޕުން ހަމަލާދީފައި ވެއެވެ.
މިހަމަލާއާއެކު މިހަފްތާގައި އެ ގައުމުގައި ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 176 އަށް އަރައެވެ.
މަންޒަރު ދުށް މީހަކު ބުނިގޮތުގައި ކާބުލްގެ ހުޅަނގުގައި ހުންނަނަ އިމާމް ޒަމާން މިސްކިތުގައި ގޮއްވާލާފައި ވަނީ ނަމާދުކުރަން ތިއްބައެވެ. ބޮން ގޮއްވި މީހާ އޭގެ ކުރިން ވަނީ ހުކުރު ނަމާދަށް ޖަމާވެ ތިބި މީހުންގެ ގަޔަށް ބަޑިން ހަމަލާ ދީފައެވެ.