ކ. މާލެ
|
18 އޮކްޓޯބަރ 2017 | ބުދަ 15:41
ތައިލޭންޑްގެ ޕަޓޮންގް ބީޗް - ޤަވާއިދާއި ޚިލާފަށް ބީޗުގައި ސިނގެރޭޓު ބޯ ފަރާތްތައް 3000 ޑޮލަރުން ޖޫރިމަނާ ކުރާނެ
ތައިލޭންޑްގެ ޕަޓޮންގް ބީޗް - ޤަވާއިދާއި ޚިލާފަށް ބީޗުގައި ސިނގެރޭޓު ބޯ ފަރާތްތައް 3000 ޑޮލަރުން ޖޫރިމަނާ ކުރާނެ
ގޫގުލް
ތައިލެންޑް
ތައިލޭންޑްގެ ބީޗުތަކުގައި ސިނގެރޭޓް ބުއިން މަނާކުރަނީ
ޕަޓޮންގ ބީޗުގެ 2.5 ކިލޯމީޓަރުގެ ސަރަޙައްދެއް ސާފުކުރިއިރު، އެތަނުން 140،000 ސިނގެރޭޓު ބަޓު ފެނިފައިވޭ
20 ބީޗެއްގައި ސިނގެރޭޓް ބުއިން މަނާކުރުމަށް ވަނީ ނިންމާފަ
ޖޫރިމަނާ ނުދައްކާ، ނުވަތަ ދެއްކުމުގެ ޤާބިލްކަން ނެތް ފަރާތްތައް 1 އަހަރަށް ޖަލަށްލުމަށް އުސޫލުގައި ވަނީ ކަނޑައަޅާފަ

ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒަޔާރަތްކުރާ ތައިލޭންޑްގެ ގޮނޑުދޮށްތަކުގައި ސިނގެރޭޓް ބުއިން މަނާކުރުމަށް އެ ޤައުމުގެ ކަމާއިބެހޭ ފަރާތްތަކުން ނިންމައިފިއެވެ.

ނޮވެމްބަރު މަހުން ފެށިގެން މިފަދައިން އަމަލު ކުރުމަށް ނިންމާފައިވާއިރު މި ނިންމުން ނިންމާފައިވަނީ ދާދިފަހުން އެޤައުމުގެ މަޝްހޫރު ޕަޓޮންގ ބީޗުގެ 2.5 ކިލޯމީޓަރުގެ ސަރަޙައްދެއް ސާފުކުރިއިރު، އެތަނުން 140،000 ސިނގެރޭޓު ބަޓު ފެނުމާއި ގުޅިގެން އުފެދުނު ކަންބޮޑުވުންތަކާއި ވިދިގެންނެވެ.

ތައިލޭންޑްގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ދިމާކޮށް އަމަލުކުރަން ފަށާ މި އުސޫލުގެ ދަށުން ތައިލޭންޑްގެ 20 ބީޗެއްގައި ސިނގެރޭޓް ބުއިން މަނާކުރާއިރު އޭގެ ތެރޭގައި ކްރާބީ، ކޯ ސަމުއީ، ޕަޓަޔާ، ޕޫކެޓް އަދި ޕާންގ ގާ ގެ ބީޗުތައް ހިމެނެއެވެ. މި ބީޗުތަކުގައި ސިނގެރޭޓު ބުއިން މަނާކުރި ނަމަވެސް، ހުރިހާ ބީޗެއްގައިވެސް، ސިނގެރޭޓު ބުއިމަށް ޚާއްސަ ސަރަޙައްދުތަކެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

އަހަރަކު 30 މިލިއަނަށް ފަތުރުވެރިން ތައިލޭންޑަށް ޒިޔާރަތްކުރާއިރު، އަލަށް އެކަށައެޅި އުސޫލާއި ޚިލާފުވާ ފަރާތްތައް 3000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ނިންމާފައިވާއިރު، މި ޖޫރިމަނާ ނުދައްކާ، ނުވަތަ ދެއްކުމުގެ ޤާބިލްކަން ނެތް ފަރާތްތައް އެއް އަހަރަށް ޖަލަށްލުމަށް އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.

ފަހަކަށް އައިސް ތައިލޭންޑްގެ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުވައި ގިނަ ޤަވާއިދުތަކެއް ހަދަމުންދާއިރު، މިއީ ހައްދުން ނައްޓާފައިވާ ތައިލޭންޑުގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ، ޓުއަރިޒަމް އޮތޯރޓީ އޮފް ތައިލޭންޑްގެ މުށުތެރެއަށް ގެންދިއުމަށްޓަކައި ކުރާ މަސައްކަތްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

- ކޮމެންޓް