ކ. މާލެ
|
18 އޮކްޓޯބަރ 2017 | ބުދަ 14:07
ރޮޒެލީން އެކޮމްބޭ
ރޮޒެލީން އެކޮމްބޭ
ގޫގުލް
ކެންޔާ
ކެންޔާގެ އިލެކްޓޯރަލް ކޮމިޝަނުގެ ކޮމިޝަނާ އެއް އިސްތިއުފާ ދެއްވައިފި
ރޮޒެލީން އެކޮމްބޭ އިސްތިއުފާ ދެއްވީ އިތުބާރު ކުރެވޭ ފަދަ ދެފުށްފެންނަ ރިޔާސީ އިންތިޚާބެއް ކެންޔާގައި ނުބޭއްވޭނެ ކަމަށް ވިދާޅުވެ

 

އިތުބާރު ކުރެވޭ ފަދަ ދެފުށް ފެންނަ ރިޔާސީ އިންތިޚާބެއް ކެންޔާގައި ނުބޭއްވޭނެ ކަމަށް ވިދާޅުވެ ކެންޔާގެ "އިލެކްޓޯރަލް ކޮމިޝަނުގެ" އިސްވެރިއެއް ކަމަށްވާ ރޮޒެލީން އެކޮމްބޭ އިސްތިއުފާ ދެއްވައިފިއެވެ. 

އެކޮމްބޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެކަމަނާ ކެންޔާގެ "އިލެކްޓޯރަލް ކޮމިޝަން" އިން އިސްތިއުފާ ދެއްވުމުން އެކަމާ ބައެއް ފަރާތްތަކުން ހިތާމަ ކުރައްވާނެ ކަމަށާއި އެކަން ކުރީ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ފަހުގައި ވެސް އެކަން ނުވުމުން ކަމަށެވެ. 

 "އިލެކްޓޯރަލް ކޮމިޝަނުގެ" ކޮމިޝަނާ އެއް ކަމަށްވާ އެކޮމްބޭ ވިދާޅުވީ މިނިވަންކަމާއެކު އެ ކޮމިޝަނުގައި އެއްވެސް ކަމެއް ނުނިންމޭ ކަމަށާއި އެ ތަން ވަނީ "ސިޔާސީ ގޮތުން ހިސޯރު" ކޮށްފައި ކަމަށެވެ.

ކެންޔާގެ ރިޔާސީ ރޭހުން އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ މީގެ މަދުދުވަސްތަކެެއް ކުރިން ވަނީ ވަކިވެވަޑައިގެންފައެވެ. ކެންޔާގެ ރިޔާސީ އިންތިޚާބު އޮކްޓޯބަރު  މަހުގެ ތެރޭގައި އަލުން ބޭއްވުމަށް ތާވަލް ކޮށްފައިވަނިކޮށް، އިންތިޚާބުގައި ބައިވެރިވެވަޑައިނުގަތުމަށް އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ ނިންމެވީ، އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން ވޯޓުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށް ގެންނަން ޖެހޭ ބަދަލުތަކަށް ވަގުތު ދިނުމާއި، އެންމެންނަށް ވެސް ބަލައިގަނެވޭނެ ފަދަ އިންތިޚާބެއް ބޭއްވުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.

ކެންޔާގައި 2017 ވަނަ އަހަރު އޯގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާއިރު އެ ނިންމުން ސްޕްރީމް ކޯޓުން ނިންމީ އިންތިޚާބުގައި ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވީ އެޤައުމުގެ ވެރިކަމުގައި ހުންނަވި އުހުރު ކެންޔައްޓާ އެވެ. 

އޮޑިންގާ އިންތިޚާބުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައިވާއިރު އޭނާ އިތުރަށް ވިދާޅުވީ 26 އޮކްޓޯބަރު ގައި ބާއްވަން ތާވަލު ކޮށްފައިވާ އިންތިޚާބު، ކުރިން ބާއްވައިފައިވާ އިންތިޚާބަށް ވުރެ ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ. 

ކެންޔާގެ އިންތިޚާބާއި ދިމާކޮށް އިންތިޚާބާއި ބެހޭ ގާނޫނަށް ބަދަލުތަކެއް ގެންނަން މަސައްކަތް  ކުރަމުންދާއިރު ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދަވަނީ ގާނޫނު ހަދާ މަޖިލިސް ބޯއިކޮޓް ކުރާނެ ކަމަށެވެ. 

 

 

 

 

 

 

 

 

 

- ކޮމެންޓް