ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 07:33
މިއީ 2007 ވަނަ އަހަރު ސޯމާލިއާގެ އަލް ޝަބާބުން ހަމަނުޖެހުން ހިންގަން ފެށިފަހުން އެ ގައުމުގައި ދެވުނު އެންމެ ގެއްލުން ބޮޑު ޓެރެރިސްޓް ހަމަލާ
މިއީ 2007 ވަނަ އަހަރު ސޯމާލިއާގެ އަލް ޝަބާބުން ހަމަނުޖެހުން ހިންގަން ފެށިފަހުން އެ ގައުމުގައި ދެވުނު އެންމެ ގެއްލުން ބޮޑު ޓެރެރިސްޓް ހަމަލާ
ބީބީސީ
ސޯމާލިއާގެ ބޮމުގެ ހަމަލާ
ސޯމާލިއާގައި ދިން ބޮމުގެ ހަމަލާ:މަރުވި މީހުންގެ އަދަދު 230 އަށް
މިއީ 2007ގެ ފަހުން އެ ގައުމުގައި ދެވުނު އެންމެ ނުރައްކާތެރި ބޮމުގެ ހަމަލާ
މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ
ހަމަލާދީފައިވަނީ ގޮވާތަކެތި ބަރުކޮށްފައިވާ ލޮރީއެއް ގޮއްވާލައިގެން

ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގެ ކާރޫބާރު ބޮޑު ސަރަހައްދެއްގައި ހޮނިހިރު ދުވަހު ދިން ބާރުގަދަ ބޮމުގެ ހަމަލާގައި މިހާތަނަށް މަދުވެގެން 230 މީހުން މަރުވެފައިވާކަމަށް އެނގިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ގޮވާތަކެތި އަރުވާ ފުރާފައި އޮތް ލޮރީއެއް ހޮޓަލެއްގެ ދޮރުމަތީގައި ގޮއްވާލައިގެން ދިން މި ހަމަލާގައި އިތުރު އެތައްސަތޭކަ މީހުންވަނީ ޒަޚަމްވެފައެވެ.

މިއީ 2007 ވަނަ އަހަރު ސޯމާލިއާގެ އަލް ޝަބާބުން ހަމަނުޖެހުން ހިންގަން ފެށިފަހުން އެ ގައުމުގައި ދެވުނު އެންމެ ގެއްލުން ބޮޑު ޓެރެރިސްޓް ހަމަލާއެވެ.

ބޮމުގެ ހަމަލާ ދިނީ ކޮން ބައެއްކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް ސަރުކާރުންވަނީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ އަލް ޝަބާބްގެ ހަނގުރާމަ ވެރިންނަށް އަމާޒު ހިފާފައެވެ.

ރައީސް މުހައްމަދު ޢަބްދުﷲ "ފަރްމަޖޯ" މުހައްމަދު ވަނީ މަރުވި މީހުންގެ ހަނދާނުގައި ހިތާމަފާޅުކުރުމުގެ ތިން ދުވަސް އިއުލާނު ކުރައްވާފައެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މިހާތަނަށް އެ ސިޓީގައި ދެވުނު އެންމެ ބޮޑު އެއް ބޮމުގެ ހަމަލާއަށްފަހު ސުންނާފަތިވެފައިވާ ސަރަހައްދަށް އާއިލާތަކުން އާދީއްތަ ދުވަހުގެ ހެނދުނުވަނީ އެ މީހުންގެ ގާތް މީހުން ހޯދުމަށް ޖަމާވެފައެވެ.

ފުލުހެއްކަމަށްވާ އިބްރާހިމް މުހައްމަދު އޭއެފްޕީ ނޫސް އޭޖެންސީގައި ބުނެފައިވަނީ މަރުވި މީހުންގެ އަދު އިތުރުވެދާނެ ކަމަށެވެ.

"300 އަށްވުރެ ގިނަ މީހުން ޒަޚަމްވި،ބައެއް މީހުންގެ ހާލު ސީރިއަސް" އޭނާ ބުންޏެވެ.

މީގެ އިތުރުން އޮފިޝަލްވަނީ މަދީނާ ޑިސްޓްރިކްޓްގައި ދިން ބިމުގެ ދެވަނަ ހަމަލާގައި އިތުރު ދެ މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

 މައި ހަމަލާދެވުނު ސަރަހައްދުގައި ހުރި  ސޯމާލިއާގެ ބީބީސީ ރިޕޯޓަރ  ސަފާރީ ހޮޓާ ވެއްޓި އޭގެ ބައިތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާކަމަށެވެ.

ބައިނަލްއަޤްވާމީ މުޖުތަމައުއިންވަނީ ހަމަލާ ކުށްވެރިކުރުމަށް އަވަސްވެގެންފައެވެ. އެމެރިކާއިން ސޯމާލިއާއަށް ކަނޑައަޅާފައިވާ މިޝަންއިން ނެރެފައިވާ ބަޔާނެއްގައި ބުނީ " އެފަދަ ފިނޑި ހަމަލާ ތަކުގެ ސަބަބުން ލިބިގެންދަނީ އެމެރިކާއިން ސޯމާލިއާއާ އެފްރިކަން ޔޫނިއަންގެ ބައިވެރިން ޓެރެރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާއިން ދެމުންދާ އެހީތެރިކަމަށް އިތުރު ހިތްވަރެއް" ކަމަށެވެ.

އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަން ވިދާޅުވީ"މި ދަތި ދަނޑިވަޅުގައި އަޅުގަނޑުމެން މިތިބީ މަރުވި މީހުންގެ ޢާއިލާތަކާއި ސަރުކާރާއި އަދި ސޯމާލިޔާގެ ރައްޔިތުންނާއެކު"ކަމަށެވެ.

 

- ކޮމެންޓް