އައިލެންޑް އޭވިއޭޝަނުން ދެމުންދެމުންދާ ކާގޯގެ ހިދްމަތް އިތުރަށް ފުޅާކޮށް ކާގޯ އޮފީސް އެސްޓީއޯ އައިފާން ބިލްޑިންގަށް ބަދަލުކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ އެ ކުންފުނިން ކުރިން ހިދްމަތް ދެމުންދިޔަ އަމީރު އަހުމަދު މަގުގައި ހުރި ކާގޯ އޮފީހުން ދެމުންދިޔަ ހިދްމަތް އިތުރަށް ފުޅާކޮށް، އިތުރު ވަސީލަތްތަކާއި ޖާގައިގެ ގޮތުން ވެސް ތަނަވަސް ތަނަކަށް ބަދަލު ކުރީ ހިދްމަތް ހޯދަން އަންނަ ފަރާތްތައް އިތުރުވެ، ހިދްމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކަމަށެވެ.
އެހެންކަމުން މިހާރު އައިލެންޑް އޭވިއޭޝަންގެ ކާގޯ އޮފީސް އައިފާން ބިންޑިންގގެ ފުރަތަމަ ފަންގިފިލާއަށް، ބުދަ ދުވަހުން ފެށިގެން ބަދަލުކޮށް، ހިދްމަތް ދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
