ހުޅުމާލޭގައި ހަދަމުންދިޔަ އިމަރާތެއްގެ 14 ވަނަ ބުރިން ދެމީހަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
ރާއްޖެއެމްވިއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުން ވެއްޓުނީ ހުޅުމާލޭގައި ހަދަމުންދިޔަ އަމީން ކޮންސްޓްރަކްޝަންގެ އިމާރާތެއްގެ މަތީންނެވެ. ފުލުހުން ބުނީ ވެއްޓުނީ ދެ ބިދޭސީން ކަމަށާއި އެ ދެ މީހުން ވެއްޓުނީ 14 ވަނަ ބުރިން ދެ ވަނަ ބުރީގެ ވައިގޮޅި ތެރެއަށް ކަމަށެވެ.
އާސަންދަ އޮފީހުގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު ވިދާޅުވީ، އެ ދެމީހުން މީގެ ކުޑައިރުކޮޅެއް ކުރިން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ވަރަށް ކްރިޓިކަލް ކަމަށެވެ. އަދި ހާލު ސީރިއަސް މީހާ އައިޖީއެމްއެޗަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އާސަންދަ އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވެފަރުވާދެމުންދަނީ، އިންޑިއާގެ ރައްޔިތަކަށާއި ބަންގްލަދޭޝްގެ ރައްޔިތަކަށެވެ. ހާލު ސީރިއަސް ވީ އިންޑިއާގެ މީހާއެވެ.