މާލޭ ގެއެއްގެ ތެރޭގައި ޒުވާނަކު ދަންޖެހިފަ ހުއްޓާ ފެނިއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަންޖެހި މަރުވެފައިވަނީ ކ. ގުޅި، ރާޒްދާން، މުހައްމަދު ރީހާނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބުދަ ދުވަހުގެ ފަތިހު 5:23 ހާއިރު މާލޭ ގެއެއްގެ ތެރޭގައި ޒުވާނަކު ދަންޖެހި މަރުވެފައިވާ ކަމަށް ބުނެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ދަންޖެހި މަރުވެފައި ވަނީ އުމުރުން 23 އަހަރުގެ ފިރިހެނެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ދަނީ ރިމްހާންގެ މަރުގެ މައްސަލަ ތަޙްގީގްކުރަމުނެވެ.