ފުޓްސަލް މެޗެއް ތެރެއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ކުޅުންތެރިޔަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އެމްއޭސީއެލްގެ އުމުރުން 42 އަހަރުގެ މުހައްމަދު ޝިޔާންއެވެ. އޭނާ ނިޔާވެފައި ވަނީ އެމްއޭސީއެލްގެ ޑިޕާޓްމެންޓްތަކަށް ހުޅުވާލައިގެން ކުރިޔަށްދާ މުބާރާތެއްގެ މެޗެއްގައި ކުޅެނިކޮށެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އެމްއޭސީއެލްގެ މުވައްޒަފަކު ބުނީ މުޅި ދުވަހުވެސް ޝިޔާން ހުރީ ވަރަށް ފިޓްކޮށް ކަމަށާއި، އޭނާ ދަނޑުމައްޗަށް ވެއްޓުނީ ބޯޅަ ނެތީސް ކުއްލިއަކަށް ކަމަށެވެ.
އޭނާ ބުނީ ދަނޑުމައްޗަށް ވެއްޓުމާއެކު ޝިޔާން ނަގައިގެން ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، ބެލެވޭ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ.
މިކަމާ ގުޅިގެން އެމްއޭސީއެލް އަދި ހުޅުމާލޭ ހޮސްޕިޓަލްގެ ބަހެއް އަދި ނުލިބެއެވެ.