މާފަންނުކޮޅު ގެއެއްގެ ބެލްކަނި ވެއްޓި ކާރަކަށް ގެއްލުންވެއްޖެއެވެ.
އެގޭގެ ތިރީގައި ޕާކްކޮށްފައި އޮތް ރީނދޫ ކުލައިގެ މި ކާރުގެ މައްޗަށް ބެލްކަނިން ބައެއް ވެއްޓުމާ އެކު ކާރުގެ މަތީގައި އޮތް ބިއްލޫރިގަނޑު ވަނީ އެއްކޮށް ފުނޑިފައެވެ. އެކާރުގެ ވެރިފަރާތަކީ ކާކުކަން ނޭނގުނު ނަމަވެސް އެއީ އަގުބޮޑު ސްޕޯޓްސް ކާރެއްކަން އެނގެއެވެ. އެތަނުގައި އެފަދަ ދެ ސްޕޯޓްސް ދެ ކާރު އޮތް އިރު އަނެއް ކާރަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވެފައި ވެއެވެ. ބޮޑަށް ގެއްލުންވީ ކަވަރު އަޅައި ނިވާކޮށްފައި އޮތް ރީނދޫ ކުލައިގެ ކާރަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގޭގައި ދިރިއުޅޭ މީހުންނާއި ކާރުގެ ވެރިފަރާތާ ގުޅިގެން އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.