މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ހިނގައްޖެ އެވެ.
އެގޮތުން ހެންވާރުގެ ސަރަަހައްދުތަކުންނާއި ގަލޮޅުގެ ބޮޑު ސަރަހައްދަކުންވަނީ ކަރަންޓް ކެނޑިފަ އެވެ. ސްޓެލްކޯގެ މީޑިޔާ އޮފިޝަލް އިބްރާހިމް ރައޫފު ވިދާޅުވީ ކަރަންޓް ކެނޑުނީ، ފީޑަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީނު ނިވުމުގެ ސަބަބުން ކަމަށެވެ. ކަރަންޓް ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ރައޫފު ވިދާޅުވި އެވެ. މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މާފަންނާއި ގަލޮޅާއި ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ވަނީ ކެނޑިފަ އެވެ.
ކަރަންޓް ކެނޑިފައިވާ އިރު ހުކުރު ދުވަހުގެ ހަވީރުވެސް ވަނީ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފަ އެވެ.